ދުނިޔެ

ޗައިނާގެ މުދަލުން އިތުރު 50 ޕަސެންޓުގެ ޓެކުހެއް ނަގަންޖެހިދާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ޗައިނާއިން ބަދަލުހިފައިފި ނަމަ އޮތީ އިތުރު 50 ޕަސެންޓުގެ ޓެކުހެއް ކަމަށް ޓްރަމްޕް ވިދާޅުވި
0%
0%
0%

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރި ނަމަވެސް، އެމެރިކާއިން ޗައިނާއަށް އެތެރެކުރާ މުދަލުން ޓެކްސް ބޮޑުކޮށްގެން ނުވާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ އެވެ.

ރައީސް ޓްރަމްޕް މިހެން ވިދާޅުވީ، އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން 34 ޕަސެންޓުގެ ޓެކުހެއް ނެގުމަށް ނިންމެވުމާ ގުޅިގެން -- ބަދަލުހިފުމުގެ ގޮތުން -- ޗައިނާއަށް އެތެރެކުރާ އެމެރިކާގެ މުދަލުން، ހަމަ އެއަދަދަށް -- 34 ޕަސެންޓުގެ ޓެކުހެއް ނެގުމަށް ޗައިނާ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ޗައިނާއަށް އިންޒާރުދެއްވައި ޓްރަމްޕް ވިދާޅުވީ، ބަދަލުހިފުމުގެ ގޮތުން ޓެކްސް ބޮޑުކޮށްފި ނަމަ ޗައިނާއަށް އޮތީ އިތުރު 50 ޕަސެންޓްގެ ޓެކުހަކާ ކުރިމަތިލުން ކަމަށެވެ.

އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެން، އެމެރިކާއަށް ރަނގަޅު ގޮތް އިޚުތިޔާރުކުރައްވައި ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ އިގުތިސާދީ ސިޔާސަތަށް ވަރަށް ބޮޑު ބަދަލެއް ގެންނަވާފަ އެވެ.

މި ގޮތުން، އެމެރިކާއަށް ގައުމުތަކުން އެތެރެކުރާ ބާވަތްތަކުން 10 – 49 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވަނީ ޓެކްސް ނަގަން ނިންމަވާފަ އެވެ.

ޗައިނާގެ މުދަލަށް ކުރިން ނަގަމުންދިޔަ 20 ޕަސެންޓްގެ އިތުރުން 34 ޕަސެންޓް ނަގަން ފެށުމުން، ޖުމުލަ 54 ޕަސެންޓްގެ ޓެކުހެއް މިހާރު އެ ވަނީ ޗައިނާގެ މުދަލުން ނަގަން ހަމަޖައްސާފަ އެވެ.

ޓުރުތު ސޯޝަލްގައި މެސެޖްކުރައްވައި ޓްރަމްޕަ ވިދާޅުވެފައިވާ ގޮތުން އޭޕްރީލް 8، 2025 ގެ ކުރިން ޗައިނާއިން ބަދަލުހިފުން ދޫނުކޮށްފި ނަމަ -- އެމެރިކާގެ މުދަލުން 34 ޕަސެންޓްގެ ޓެކުހެއް ނަގަން ނިންމި ނިންމުން ބާތިލުނުކޮށްފި ނަމަ -- ޗައިނާގެ މުދަލުން އިތުރު 50 ޕަސެންޓުގެ ޓެކުހެއް، އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ އެވެ.

ޓްރަމްޕް އަދި ވިދާޅުވީ ޗައިނާއާ އެކު މަޝްވަރާއަށް ހުޅުފާފައި ހުރި ދޮރުތައް ބަންދުކުރައްވާނެ ކަމަށާއި، އެހެން ގައުމުތަކާ އެކު ގުޅުން ގާތްކުރައްވާނެ ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ލިން ޖިއާން ވިދާޅުވި ގޮތުން، ސުލްހައިގެ ރީތި ސިފަ އިޚުތިޔާރުކުރެވެން އޮއްވައި، އެމެރިކާއިން އުޅެނީ ބަނޑުމުސާރައަށް ބައްދައި، ގަދަބެލުމަށް ކަމަށެވެ.

ޗައިނާއާ އެކު ގަދަބަލައިގެން އެމެރިކާއަށް ވަކި މޮޅެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުގެ ސަބަބުން އެމެރިކާގެ އާންމު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ނިކަމެތިވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910