ދުނިޔެ

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް މި ހަފުތާގައި މޮސްކޯއަށް

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޖީ -- މި ހަފުތާގައި މޮސްކޯއަށް ވަޑައިގެން ރަޝިއާގެ ވެރިންނަށް ނިއުކްލިއާ މައުލޫމާތުދެއްވާނެ
0%
0%
0%


އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޖީ މި ހަފުތާގައި ރަޝިއާއަށް ވަޑައިގަންނަވަނީ އެވެ. އެއީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކާ ބެހޭ ގޮތުން ރަޝިއާގެ ވެރިންނަށް މައުލޫމާތުދެއްވުމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން އީރާނަށް ވަނީ އިންޒާރުދެއްވާފަ އެވެ. އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ޝާއުގުވެރިވާ ނަމަ އޮތީ އަސްކަރީ ހަމަލާތައް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕްގެ އިންޒާރަށް ރައްދުދީ އީރާނުން ބުނީ ކިތަންމެ ވަރަކަށް ބިރުދެއްކި ނަަމަވެސް، އީރާން އޮތީ ސީދާ މިސްރާބެއްގައި ކަމަށެވެ. އިންޒާރުދިނުމާއި ބިރުދެއްކުމަކުން މިސްރާބު ބަދަލުވާނެ ކަމަށް ގަބޫލުކުރެވޭ ނަމަ އެ ބައެއްގެ ވިސްނުން ކޮށި ކަމަށް އީރާނުން ބުންޏެވެ.

އީރާނުން އަބަދުވެސް ބުނަނީ އިހުތިރާމާއި، އިތުބާރުކުރުން ނޫން ގޮތަކަށް މަޝްވަރާ މޭޒު ދޮށަށް ނުދާނެ ކަމަށެވެ.

އީރާންގެ ބަހުރުވަ ހުރި ގޮތުން އެމެރިކާގެ ރައީސް ވަނީ އީރާންގެ ލީޑަރު އަލީ ޚާމަނާއީއަށް މަޝްވަރާއަށް ގޮވާލައްވައި ސިޓީއަކުން ދައުވަތުދެއްވާފަ އެވެ.

އެމެރިކާގެ މި ސިޓީއަށް ދިން ޖަވާބުގައި އީރާނުން ބުނީ އެމެރިކާއާ އެކު ސީދާ މަޝްވަރާކުރުމެއް ނެތް ކަމަށެވެ. އެކަމު މަޝްވަރާއަށް ދޮރުތައް ބަންދު ނޫން ކަމަށް ވަނީ ބުނެފަ އެވެ.

އީރާންއާ އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ދަނީ އޮމާން މެދުވެރިކޮށެވެ. މި ގޮތުން ފުރަތަމަ ބުރުގެ މަޝްވަރާތައް ވަނީ ނިމިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެވަނަ ބުރުގެ މަޝްވަރާތައް އޮންނަނީ އިޓަލީގަ އެވެ.

އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތައްޔާނީ ޖަޕާންގެ އޮސާކާގައި -- ވޯލްޑް އެކްސްޕޯ 2025 ގައި -- ވާހަކަދައްކަވަމުން ވަނީ، އީރާނާއި އެމެރިކާ ދެމެދު މަޝްވަރާތައް ބޭއްވުމަށް ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ. އަދި މަޝްވަރާތައް އިޓަލީގައި އޮންނާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

ރަޝިއާ އަކީ އީރާންއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެވެ. އީރާންގެ ނިއުކްލިއާ ހަޔާތަކީ ރަޝިއާއިން ހިތްވަރުހޯދައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިހެން ކަން އޮތުމުން -- އެމެރިކާއާ އީރާންއާ ދެމެދު ކުރެވޭ މަޝްވަރާތަކުގައި ރަޝިއާޣެ ނަސޭހަތް އީރާނުން އަޑުއަހާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910