ދުނިޔެ

އީރާނުން ޓްރަމްޕްގެ ސިޓީއަށް ޖަވާބުދޭނެ: ޚާރިޖީ ވަޒީރު

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ -- އީރާނުން ޓްރަމްޕްގެ ސިޓީއަށް ޖަވާބުދެއްވާނެ ކަމަށް ވިދާޅުވި
0%
0%
0%

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްތަކާ މެދު އޮތް ކަންބޮޑުވުން ފާޅުކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުއްވި ސިޓީއަށް ވަރަށް އަވަހަށް ޖަވާބުދެއްވާނެ ކަމަށް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

އީރާނުން މީގެ ކުރިން ބުނީ ޓްރަމްޕްގެ ސިޓީ ބަލަންވެސް ބޭނުންނުވާ ކަމަށާއި، އެމެރިކާ އަކީ ވައުދުފުއްދުމަށް ވުރެ އަވަހަށް ބަދަލުހިފާ ބަޔަކު ވެރިކަންކުރާ ގައުމެއް ކަމަށެވެ.

ޓްރަމްޕްގެ ސިޓީއަށް ދޭނެ ޖަވާބެއް އޮތް ނަމަ، ޑިޕްލޮމެޓިކް މަރުހަލާއިން އެކަން ކުރާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުން ޓްރަމްޕްގެ ސިޓީގައި މުޅިންހެން އޮތީ ބިރުދައްކާފަ އެވެ. އެމެރިކާޢިން ދައްކާހާ ބިރަކަށް އީރާން ނުސިހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެހެނެއްކަމަކު، އެ ސިޓީގައި އީރާނަށް ރަނގަޅު ފުރުސަތުތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ. އެމެރިކާގެ ބަހުގައި އިތުބާރެއް ހުރިތޯ ބެލުމަށް ސިޓީއަށް ޖަވާބުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ކުރިން ވިދާޅުވި ގޮތުން ދެ މަސް ދުވަހުގެ ތެރޭގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި އެއްބަސްވުންތަކަށް އެއްބަސްުނުވެއްޖެ ނަމަ އޮތީ ހަމަލާތަކާ ކުރިމަތިލުމެވެ. އެކަމަކު ކޮންމެވެސް މީހަކު ޓްރަމްޕަށް ލައިދިން ބުއްދިއެއްގެ ސަބަބުން، އޭނާގެ ވާހަކަށް މިހާރު ވަނީ ހިމޭންކަން އައިސްފަ އެވެ.

އީރާން އަކީ އެމެރިކާއަށް ފަސޭހަ އަމާޒަކަށް ވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އީރާނަށް ހަމަލާދިނުމުގައި، އިޒުރޭލު ވެސް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނުން ބުނީ ހަމަލާދިނުމަކީ އީރާން ބޭނުންވާ ގޮތް ނޫން ކަމަށެވެ. އާންމު ރައްޔިތުންނަށް އެންމެ ގެއްލުން ކުޑަ ކޮންމެ ކަމަކަށް އީރާން އެއްބަސްވާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910