ދުނިޔެ

އިރާނަށް ހަމަލާދީފި ނަމަ ނިއުކްލިއާ ހަތިޔާރު އުފެއްދުން ނޫން ގޮތެއް ނޯންނާނެ: މުޝީރު

އެމެރިކާ އާއި ބައިވެރިން އީރާނަށް ހަމަލާދީފި ނަމަ، ނިއުކްލިއާ ހަތިޔާރު އުފެއްދުން ނޫން ގޮތެއް އީރާނަށް ނޯންނާނެ ކަމަށް އެ ގައުމުގެ ލީޑަރު އަލީ ޚާމަނާއީއަށް ލަފާއަރުވާ ޚާއްސަ މުޝީރު އަލީ ލަރިޖާނީ ވިދާޅުވެއްޖެ އެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އެ ބާވަތުތެ އެއްވެސް މަޝްރޫއެއް ނުހިންގާ ކަމަށް މުޝީރު ވިދާޅުވި އެވެ. ނަމަވެސް، ހުޅަނގުން ހަދާ ގޯހެއްގެ ސަބަބުން، އަސްކަރީ ނިއުކްލިއާ ސިނާއަތަށް އީރާން ވަންނަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އީރާންގެ ގައުމިއްޔަތާ ބީރައްޓެހި ކަމެއް ކަމަށް އަލީ ރަރިޖާނީ ވިދާޅުވި އެވެ. އަދި ނިއުކްލިއާ ހަތިޔާރަށް ހާޖަތެއް އަދި ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އީޜާނަށް ޕްރެޝަރުކޮށް، ބިރުދައްކައި އަދި މިސްރާބު އޮޅުވާލަން ބަޔަކު މަސައްކަތްކުރާ ނަމަ، ގައުމީ ދިފާއީ މިންގަނޑުގެ ތެރެއަށް ނިއުކްލިއާ ހަތިޔާރު ވައްދަން ޖެހިދާނެ ކަމަށްވެސް މުޝީރު ވިދާޅުވި އެވެ.

އީރާން ސަރުކާރުން މި މޭރުމުން ވާހަކަދެއްކި ސަބަބަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް އީރާނަށް އިންޒާރުދެއްވައި -- އެމެރިކާއާ އެކު ނިއުކްލިއާ އެއްބަސްވުމެއް ނުހަދައިފި ނަމަ، އީރާނަށް ބޮންއަޅާނެ ކަަމަށް ވިދާޅުވުމެވެ.

ނިއުކްލިއާ ހަތިޔާރާ ގުޅުން ހުރި މަޝްރޫއެއް އީރާނުން ކުރިއަށް ގެންދާ ނަމަ، މިހާރުން މިހާރަށް ހުއްޓާލައި އެމެރިކާއާ އެކު ސުލްހަވުމަށް ޓްރަމްޕް ގޮވާލެއްވި އެވެ.

ޓްރަމްޕްގެ މި ގޮވާލެއްވުމަށް ބޯނުލަނބާނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. ބިރުވެރިކަމާއި އަމުރުވެރިކަމުގެ ތެރެއިން އީޜާން ލައްވައި އެއްވެސް ކަމެއް ހާސިލުނުކުރެވޭނެ ކަމަށް ގެ ގައުމުން އޮތީ ބުނެފަ އެވެ.

އެމެރިކާއާ ސީދާ މަޝްވަރާނުކުރިއެއް ކަމަމު، މާއްދާތަކަކަށް އެއްބަސްވެވިދާނެ ކަަމަށްވެސް އީރާނުން ބުންނެވެ ނަމަވެސް، އެ ވާން ޖެހޭނީ އިޚުލާސްތެރި އަދި ބުނާ ބަހުގައި އިތުބާރު އޮންނަ މުއާމަލާތަކަށް ކަމަށްވެސް އީރާނުން ބުންޏެވެ.

އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންނެވި ފަހުން ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ، ގައުމުތަކަށް ބިރުދެއްކެވުމުގައި ވަރަށް އަވަދިނެތި އެވެ.

ޓްރަމްގެ ސިޔާސަތާ ފުށުއަރާ ނަމަ، އެ ބަޔަކަށް ކޮންމެވެސް ބާވަތެއްގެ އުގޫބާތެއް ދެއްވަ އެވެ. އެއީ އިގުތިސާދީ ގޮތުން ދަތިކުރުން، ދުނިޔޭގެ މާލީ ނިޒާރުމުން ބޭރުކުރުން އަދި އަސްކަރީ ގޮތުން ފިޔަވަޅުއަޅައި ބޮންއެޅުން ކަމަށްވި ނަވަވެސް އެވެ.