ކަނޑުމަތީގެ ހާދިސާ

ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ، އެކަކު ގެއްލިއްޖެ

މުދާ އުފުލާ ބޯޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

ކަނޑުމަތީގައި އަލިފާން ރޯވެ އަނދަމުންދަނީ "ހޮޅުދޫ" ނަމަކަށް ކިޔާ މުދާ ބޯޓެއްގައެވެ.

އެމްއެންޑީއެފް އިން ބުނީ ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ބޯޓުގައި އަލިފާން ރޯވުމާ ގުޅިގެން އެ ވަގުތު ބޯޓުގައި ތިބި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ގެއްލިގެން ހޯދަމުންދަނީ ލ. މާވަށް، އަލީ މުޝްފިގު (25 އ) އެވެ.

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ދަނީ ކުރަމުންނެވެ.

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެ އެވެ.