އަލިފާން

ދަތުރުކުރަމުން ދިޔަ ބޯޓެއް ކަނޑުމަތީ އަނދާ ހުލިވެއްޖެ

Jun 2, 2023

މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ދޯނި ރޯވެ އަނދާ ހުލިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މިދޯނީގެ އިންޖީނު ރޫމްގައި އަލިފާން ރޯވެގެން އެމްއެެންޑީއެފް ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީ)އަށް ވަނީ މިރޭ 7:16 ހާއިރު ކަމަށެވެ.

ބޯޓްގައި އަލިފާން ރޯވެފައިވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުގައި އޮއްވަ އެވެ.

މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފަ އެވެ. އަދި ބ. އޭދަފުށީ ސީއެމްބިއުލާންސާއި ޅ. މާފިލާފުށިން ކޯސްޓްގާޑް ހާބަ ކްރާފްޓް ލޯންޗް މިހާރު ދަނީ އެސަރަހަށްދަށް ދަތުރުކުރަމުންނެވެ.

އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ސިފައިން މައުލޫމާތު ދީފައިވެ އެވެ.

ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުން އިއްޔެ ވެސް ވަނީ ބޯޓެއް އަޑިއަށް ގޮސްފަ އެވެ.