އަލިފާން

25 މީހުންތިބި ލޯންޗެއްގެ އިންޖީނު ރޯވެއްޖެ

Apr 2, 2021

ގިނަ އަދަދެއްގެ މީހުނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނުގައި ރޯވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ރޯވެފައި ވަނީ އއ. ރަސްދޫއިން މާލެއަށް ދަތުރު ކުރި ލޯންޗެއްގެ އިންޖީނުގަ އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯ ވިއިރު ލޯންޗުގައި ތިބީ 23 ފަތުރުވެރިންނާއި ތިން ފަޅުވެރީން ކަމަށާއި އެއީ "ނަވި-2" ލޯންޗު ކަމަށެވެ. އަދި ވިދާޅުވީ އެ ލޯންޗުގެ އިންޖީނުގައި ރޯވުމުން ފަތުރުވެރިން އެހެން ލޯންޗެއްގައި މިހާރު ވަނީ ރަސްދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އަލިފާނާ ގުޅިގެން ލޯންޗަށް ލިބިފައިވާ ގެއްލުމާއި ރޯވާ މެދުވެރިވީ ސަބަބު ދަނީ ބަލަމުންނެވެ.