އެމްއެންޑީއެފް

ލޯންޗުގައި އަނިޔާވި މީހުންނަށް އިތުރު ފަރުވާ ދޭން މާލެ ގެނެސްފި

ރ. އަތޮޅު އުނގޫފާރުން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ބެޓެރި ގޮވައި އެވަގުތު ލޯންޗުގައި ތިބި މީހުންގެ ތެރެއިން އަނިޔާވި މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެނެސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ކްރިސްޓަލް ނަމަކަށް ކިޔާ މި ލޯންޗްގެ ބެޓެރި ގޮވި ވަގުތު ލޯންޗުގައި 39 މީހުން ތިބި ކަމަށެވެ. އަނިޔާވީ އަށް މީހަކަށް ކަމަށް ސިފައިންގެ އިން ބުނެ އެވެ.

އިއްޔެ އިރުއޮއްސެނިކޮށް ހިނގި މިހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް މާލެ ގެނައީ ރޭ 7:30 ހާއިރު އެވެ.

މިކަމާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވާއިރު ވީޑިއޯ އިން ފެންނަނީ ޒަހަމްވި ބައެއް މީހުންގެ ފައިތިލައާއި ކަށިމަތި ވަރަށް ބޮޑަށް ފިހިފައިވާ މަންޒަރެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށްވެ އެވެ.

މި ހާދިސާގެ ހަބަރު އެމްއެންޑީއެފް އަށް ލިބުމާއެކު އަނިޔާވި މީހުންނަށް ވީހާވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރި ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.