ދުނިޔެ

އަލިފާނާ ނުކުޅެން ޓްރަމްޕް އީރާނަށް އިންޒާރު ދެއްވައިފި

Jul 2, 2019
1

ދެހާސް ފަނަރަ ވަނަ އަހަރު ހަދާފައިވާ ނިއުކިލިއާ އެއްބަސްވުމުގައި ވާ މިންވަރަށްވުރެ އިތުރަށް އިރާނުން ޔުރޭނިއަމް އުފައްދާނެ ކަމަށް ބުނުމުން އިރާނުން ކުޅެން އުޅެނީ އަލިފާނާ ކަމަށައި އީރާން އަލިފާނާ ނުކުޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކުރައްވައިފި އެވެ.

އިތުރަށް ޔުރޭނިއަމް ފައްކާ ކުރާނެ ކަމަށް ހޯމަ ދުވަހު އިރާނުން ބުނެފައި ވަނީ، އެމެރިކާއިން އެ ގައުމަށް މިސައިލް ހަމަލާއެއް ދޭނެ ކަމަށް ބުނެ އެ ނިންމުން ބަދަލު ކުރިތާ ދެ ހަފުތާ ފަހުންނެވެ. އެހެން ކަމުން އެމެރިކާ އަދި އިރާންގެ މަސްރަހު ފިނި ކުރަން މަސައްކަތް ކުރާ ގައުމުތަކުގެ މަސައްކަތަށް ހުރަސް އެޅޭނެ އެވެ.

އދ. ގެ ނިއުކްލިއަ ކަންތައް ބަލަހައްޓާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނީ ނިއުކިލިއާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް އިރާނުން މިހާރު ވެސް ޔޫރޭނިއަމް ބޭނުން ކުރަމުންދާ ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުން އިރާނަށް ޔޫރޭނިއަމް ބޭނުން ކުރެވެނީ 300 ކިލޯގްރާމަށެވެ.

އިރާނުން ޔޫރޭނިއަމް އިތުރަށް ބޭނުން ކުރަމުންދާ މައްސަލައިގައި ޓްރަމްޕް ވަނީ އިތުރަށް ވާހަކަފުޅު ދައްކަން ދެކޮޅު ހައްދަވާފަ އެވެ. ނަމަވެސް ވައިޓް ހައުސް އިން ފަހުން ބުނެފައިވަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގައުމުތަކަށް ގޮވާލާނެ ކަމަށާއި، އިރާނުން ޔޫރޭނިއަމް ބޭނުން ކުރުން އެއްކޮށް މަނާކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ޔޫރޭނިއަމް މައްސަލައިގައި އެމެރިކާއިން އިރާނަށް އިންޒާރު ދިން އިރު، އެމެރިކާއިން ވަނީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއި އެކީގައި ހެދި ނިއުކިލިއާ އެއްބަސްވުމުން ވަކިވެފަ އެވެ. އެއްބަސްވުމުގައިވާ ބައެއް ކަންތަށް ބާތިލްކޮށް ޔޫރޭނިއަމް އާއި ހެވީ ވޯޓާ އިތުރަށް އުފައްދާނެ ކަމަށް އިރާނުން ވަނީ ބުނެފަ އެވެ. އަދި ޔޫރޭނިއަމް ބޭރުގެ ގައުމުތަކަށް ނުވިއްކާނެ ކަމަށްވެސް އިރާނުން ބުނެ އެވެ.