ދުނިޔެ

ކެނެޑާ އާއި މެކްސިކޯއިން އެމެރިކާގެ ކިބައިން ބަދަލުގެ ގޮތުގައި ޑޮލަރަކަށް ޑޮލަރެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިގުތިސާދީ އެޖެންޑާއާ މުޅި ދުނިޔެ ދެކޮޅު ނަމަވެސް، ސިޔާސަތު ބަދަލުނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި
0%
0%
0%

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ އަމުރަކުން ތަންފީޒުކުރަން ފަށާފައި އޮތް ޓެރިފް ސިޔާސަތާ ގުޅިގެން އެމެރިކާ އަކީ ކެނެޑާ އަށާއި މެކްސިކޯއަށް ބޮޑު ދުޝްމަކަށް ވެއްޖެ އެވެ.

ކެނެޑާ އާއި މެކްސިކޯގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އެމެރިކާގެ ސިޔާސަތު ގަދަލުކުރުމަށް ދާންދެން އެމެރިކާއާ އެކު ގުޅުން ބަދަހިކޮށްގެން ނުވާނެ އެވެ.

ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް ސިޔާސަތަށް މި ދެ ގައުމުގެ ގުޅިގެން ރައްދުދޭން ނިންމާފައި އޮތްއިރު، މި ދެ ގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެކްސްގެ ގޮތުގައި ނަގާ ކޮންމެ ޑޮލަރަކަށް -- އެމެރިކާއިން މި ދެ ގައުމަށް އެތެރެކުރާ މުދަލުން ނެގުމަށް ވަނީ ނިންމާފަ އެވެ.

އެމެރިކާގެ ރައްޔިތުންނަކީ ގާތް ބައެއްގެ ގޮތުގައި ގިނަ ބަޔަކު ދުށް ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕަކީ ކެނެޑާއަށް އަދި މެކްސިކޯއަށް ވެސް ހެޔޮ އެދޭ މީހެއް ނޫން ކަމަށް ރައްޔިތުން ދެކެ އެވެ.

ރައީސް ޓްރަމްޕްގެ ޓެރިފް ސިޔާސަތުގެ ދަށުން ކެނެދާ އާއި މެކްސިކޯއިން، އެމެރިކާއަށް އެތެރެކުރާ ހުރިހާ ބާވަތެއްގެ މުދަލުން 25 ޕަސެންޓްގެ ޓެކުހެއް ނަގާނެ އެވެ. މިއީ އެމެރިކާއިން މީގެ ކުރިން ވަރަށް ބޮޑަށް ލުއިދީފައި އޮތް ދެ ގައުމެވެ.

ޓްރަމްޕް ސަރުކާރުން މި ވަރުގެ ބޮޑު ޓެކުހެއް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ މި ދެ ގައުމުގެ އޮފިޝަލުން ވަނީ ތަކުރާރުކޮށް ޝައުކުރާކުރައްވާފަ އެވެ. އަދި މި ކަމުގައި ހުރި ކަންބޮޑުވުންތައް އެމެރިކާއަށް ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް، ޓްރަމްޕް ވިދާޅުވަނީ އޭނާގެ ވެރިކަމެއްގައި އިގުތިސާދީ ސިޔާސަތައް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެމެރިކާއަށް މުދާ އެތެރެކުރާ ހުރިހާ ގައުމެއްގެ ހުރިހާ މުދަލުން ބޮޑު ޓެކުހެއް ނެގުަމަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލޭނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެ އެވެ. އަދި މިކަމުގެ އަސަރު އާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ އެވެ.

ތަކެތީގެ އަގު ބޮޑުވުމުގެ ސަަބަބުން ވަކި މުދަލެއް ގަތުމަށް ކުރިން ހޭދަކުރި ފައިސާއަށް ވުރެ ދެން ހޭދަކުރަން ޖެހޭ ފައިސާ އިތުވާނެ އެވެ. އަދި މިއީ ބާޒާރުގައި ތަކެތި ވިކުން ލަސްވާނެ ސަބަބެއް ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910