އެމެރިކާ

ހޫތީންނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ހަމަލާތަކެއް ދީފި

0%
0%
0%

ޔަމަނުގެ ހޫތީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޮތީ ކުރިން އިންޒާރު ދެއްވާފަ އެވެ.

ޓްރަމްޕް މިކަން އިއުލާން ކުރެއްވިތާ މާގިނަ އިރުތަކެއް ނުވަނީސް، އެމެރިކާއިން ވަނީ ޔަމަނުގެ ވެރިރަށް ސަނާއަށް ހަމަލާތަކެއް ދީފަ އެވެ. އަދި މި ހަމަލާތަކުގައި ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގެ ހަމަލާތަކަށްފަހު ޓްރަމްޕް ވިދާޅުވީ އިރާނުން ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ކުރާ ތާއީދާއި ވަމުންދާތައް އެހީތައް ދިނުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ. އެމެރިކާ މީހުންނަށް ބިރުދައްކައިގެން ނުވާނެ ކަމަށް ބުނެ އީރާނަށް އިންޒާރުވެސް ދެއްވާފައިވެ އެވެ.

"އިރާނުން އެމެރިކާ ރައްޔިތުންނަށް ބިރުދައްކައިފިނަމަ އެމެރިކާއިން ފުރިހަމައަށް ޖަވާބުދާރީ ކުރުވާނެ. އަޅުގަނޑުމެން ދެން މިކަން މާރަނގަޅަށް ނުގެންދާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

ހޫތީންނާ ދެކޮޅަށް އެމެރިކާއިން ހަމަލާތަކެއް ދީފައިވަނީ ހޫތީންގެ ސަބަބުން ރަތްކަނޑުން ދަތުރުކުރާ ގިނަ އުޅަނދުތަކަކަށް ދަތިތަކެއް ކުރިމަތިވެ، އެމެރިކާގެ ބޯޓުތަކަށްވެސް ހޫތީން ހަމަލާދީފައިވާތީ އެވެ.

ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި ހޫތީން އަންނަނީ އެމެރިކާއާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައްދީ ހަމަނުޖެހުން ހިންގަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910