ދުނިޔެ

ތުރުކީއާ މައްސަލަޖެހިގެން ނުވާނެ ކަމަށް ނަތަންޔާހޫއަށް ދެންނެވިން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)ގައި އަރިހުގައި ނަތަންޔާހޫ -- ތުރުކީއާ އެކު އެއްވެސް މައްސަލައެއް އޮވެގެން ނުވާނެ ކަމަށް ނަތަންޔާހޫއަށް ދެންނެވި ކަމަށް ޓްރަމްޕް ވިދާޅުވި
0%
0%
0%

އިޒުރޭލާ ތުރުކީއާ ދެމެދު ހިޔާލު ތަފާތުވެ ނުތަނަވަސްވާ ކަމަކަށް މަގުފަހިވެދާނެ އެއްވެސް ކަމެއް ކުރަން ވާނީ ވަރަށް ބުއްދިވެރިކަމާއި، ހިކުމަތްތެރިކަމާ އެކު ކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސަތު -- އޯވަލް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ތުރުކީއާ އެކު މައްސަލައެއް ޖެހިއްޖެނަމަ، ބުއްދި ގަބޫލުކުރެވޭ ވަރުގެ ސަބަބެއް ނަތަންޔާހޫއަށް ދެއްކެވެން ވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ތުރުކީ ސަރުކާރަކީ އެމެރިކާއާ ވަރަށް ގާތުން ހިންގާ ސަރުކާރެކެވެ. ތުރުކީ ސަރުކާރު ހިންގުމުގައި އިސްކޮށް ތިއްބެވި ވެރިންނަކީ އޭނާއަށް ވަރަށް އިހުތިރާމު ކުރައްވާ އަދި މަޝްވަރާކުރައްވާ ބައެއް ކަމަށްވެސް ވިދާޅުވި އެވެ.

ތުރުކީއާ އެކު އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެއީ ހައްލު ނުކުރެވޭ ވަރުގެ ކަމެއް ކަމަށް ދެކިގެން ނުވާނެ ކަމަށް ނަތަންޔާހޫއަށް ދެންނެވި ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތުރުކީއަށް ގެއްލުމެއް ނެތް ކޮންމެ ކަމެއްގައި، އެމެރިކާއަށް އެހީތެރިވާނެ ކަމަށެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަކީ އޭނާއާ ވަރަށް ގާތް އެކުވެރިއެއް ކަމުގައިވެސް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާއާ ތުރުކީއާ ދެމެދު އޮތް ގުޅުމާ މެދު އުފާކުރައްވާ ކަމަށެވެ. އަދި އިޒުރޭލުން އޮޅުވާލުމެއް ނެތި ތުރުކީގެ ކިބައިން ހައްލުކުރަން ކަމަކަށް އެދިއްޖެނަމަ އެ ކަމެއް ކޮށްދެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އުރުދުޣާން އަކީ އާދައިގެ ލީޑަރެއް ނޫނެވެ. ތުރުކީގެ ރައީސަކީ ކުޅަދާނަ އަދި ގާބިލު ލީޑަރެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުރުދުޣާން ވަނީ 2024 ވަނަ އަހަރު ތެރޭގައި އެއްވެސް މީހަކަށް ކުރެވިފައި ނުވާ ވަރުގެ ބޮޑު އަދި ވަރަށް މުހިންމު ކަމެއް ކުރައްވާފަ އެވެ. ޓްރަމްޕް އެ އިޝާރާތްކުރެއްވީ، ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށެވެ.

އުރުދުޣާންގެ މި ރޭވުންތެރި ކަމަށް ސެލިއުޓް ނަގަންޖެހޭ ކަމަށާއި ސީރިއާގެ ވެރިކަމަށް އާ ލީޑަރަކު ގެނައުމަކީ ކުރަންޖެހިފައި އޮތް ކަމެއް ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910