ދުނިޔެ

މަހްމޫދު އައްބާހާއި ބެންޖަމިން ނަތަންޔާހޫ އަންނަ ހަފުތާގައި ތުރުކީއަށް

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރެއްގައި -- ފަލަސްތީންގެ ރައީސް މަހްމޫދު އައްބާހާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- އަންނަ ހަފުތާގައި ތުރުކީއަށް ވަޑައިގަންނަވާނެ އެވެ.

މި ދެ ލީޑަރުން ތުރުކީއަށް ދަތުރުކުރައްވާނީ އެކުއެކީގައެއް ނޫނެވެ. އަދި އުރުދުޣާންއާ ބައްދަލުކުރައްވާނީ ވެސް މުޅިން ވަކިންނެވެ.

އައްބާހަށް ދައުވަތު ދެއްވާފައިވަނީ ޖުލައި 25ގައި ވަޑައިގަތުމަށެވެ. ނަތަންހާޔޫ އަށް އޮތީ ޖުލައި 28 އެވެ.

އުރުދުޣާންގެ ދަތުވަތަކަށް މި ދެ ލީޑަރުން ތުރުކީއަށް ވަޑައިގަތް ނަމަވެސް، ސަރަހައްދީ އަދި ބައިނަލްއަގްވާމީ އިންތިޒާމުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ. އެހެންނަމަވެސް މައިގަނޑު މައުލޫއަކީ -- ސަރަހައްދީ އަދި ފަލަސްތީން ހަމަނުޖެހުންތަކެވެ.

އިޒްރޭލުގެ ޔަހޫދީ ސިފައިން މިދާކަށް ދުވަހު ފަލަސްތީންގެ ޖެނީންއަށް އަރައިގަތް މައްސަލަ އޮތީ ވަރަށް ހޫނުވެފަ އެވެ. ތުރުކީ އަކީ ވެސް މި މައްސަލަ ކުށްވެރި ކުރި ގައުމެކެވެ.

އެހެން ނަމަވެސް، ތުރުކީއާ އިޒްރޭލާ ދެމެދު މިހާރު އޮތް ތަނަވަސް ގުޅުމުގެ ސަބަބުން، ނަތަންޔާހޫގެ އަރިހުގައި ހަރުކަށި ވާހަކަތަކެއް ނުދައްކަވާނެ އެވެ. އޭގެ ބަދަލުގައި އުރުދުޣާން ބައްލަވާނީ މަޝްވަރާއިން ހައްލެއް ފެނިވަޑައިގަންނަވާތޯ އެވެ.

ތުރުކީއާ އިޒްރޭލާ ދެމެދު ޑިޕްލޮމެޓިކް ފެންވަރުގައި ގުޅުން ބަދަހިކޮށް އާ މިސްރާބަކަށް ދެ ގައުމު ދަތުރުކުރަމުން ދަނީ އުރުދުޣާން ވިދާޅުވި ގޮތުގައި ފަލަސްތީނަށް އޮތް ލޯތްބާއި އަޅާލުން ފަނޑުނުވާ ވަރުގަ އެވެ.

ފަލަސްތީނަށް ހެޔޮ ގޮތް އެދިވަޑައި ނުގަންނަވާނަމަ އިޒްރޭލާ އެކު މާބޮޑު ގުޅުމެއް ބޭއްވުމަކީ ޝައުގުވެރިކަން އޮތް ކަމެއް ނޫން ކަމަށްވެސް އުރުދުޣާން ކުރިން ވިދާޅުވި އެވެ.

ތުރުކީން އިޒްރޭލާ ގުޅުން ބަދަހިކުރުމުން މަހްމޫދު އައްބާސް ވަނީ ހިތާމަކުއްވާ ކަމަށް ވިދާޅުވެފަ އެވެ. މިހެން ކަން އޮތުމުން އައްބާހާ އެކު އުރުދުޣާން ބަންދު ކޮންޓަރީގައި ވަކިން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެ އެވެ.

ފަލަސްތީންގެ ހައްގުތަކުގައި ތުރުކީ އަކީ ގަދަ އަޑެކެވެ. އުރުދުޣާން އެދިވަޑައިގަންނަވަނީ ތުރުކީން އެދޭ ގޮތް ފަލަސްތީން ބަލައިގަތުމެވެ.

އުރުދުޣާންއާ ބައްދަލުކުރައްވައި ނަތަންޔާހޫ ވެސް މަޝްވަރާތަކެއް ކުރައްވާނެ އެވެ. އަދި ފަލަސްތީންގައި ހަރަކާތްތެރިވާ ހަމާސް އާއި ލުބްނާންގެ ހިޒްބުﷲގެ އުނދަލުން އިޒްރޭލުގެ ރައްޔިތުން ހިމާޔަތްކުރުމާ ބެހޭ ގޮތުންވެސް ވާހަކަދައްކަވާނެ އެވެ.