ދުނިޔެ

އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ގައިދީން މިވަގުތު ދޫކުރާކަށް ނުފެނޭ: އެމެރިކާ

ފަލަސްތީންގެ ގައިދީންގެ އާއިލާ މެމްބަރުން އިންތިޒާރުގައި -- އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ގައިދީން ދޫނުކުރަން އިޒުރޭލާ އެމެރިކާއިން ވަނީ އެއްބަސްވެފައި
0%
0%
100%

އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ގައިދީން މިވަގުތު ދޫނުކުރަން އިޒުރޭލުން ނިންމި ނިންމުމަށް އެމެރިކާ ތާއީދުކުރާ ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާން ބްރަޔާން ހިއޫސް ވިދާޅުވެއްޖެ އެވެ.

އިޒުރޭލުން ހަމާސްއާ އެކު ހެދި ސުލްހައިގެ އެއްބަސްވުމުގައި 620 ގައިދީން އާދީއްތަ ދުވަހު ދޫކުރަން އޮތީ އިގުރާރުވެފަ އެވެ. ނަމަވެސް، އެކަން ނުކުރަން ފެންނަ ކަމަށް އިޒުރޭލުގެ ސަލާމަތާ ބެހޭ އިދާރާތަކުން ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ލަފާއަރުވާފަ އެވެ.

ބްރަޔާން ހިއޫސް ވިދާޅުވި ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ އިޒުރޭލުން އެދިއްޖެ ކޮންމެ ކަމެއް ކޮށްދެއްވާ ގޮތަށެވެ. އިޒުރޭލަށް ގެއްލުން ވެދާނެ އެއްވެސް ސިޔާސަތަކަށް އެމެރިކާ އަމަލުނުކުރާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން އަދި ވިދާޅުވީ ޚާއްސަކޮށް ހަމާސްއާ ގުޅުން ހުރި ކަމެއްގައި، ލުއިބޮޑުވާން ޖެހޭނީ އިޒުރޭލަށް ކަމަށް ރައީސް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށެވެ. ވައިޓް ހައުސްގެ ނިންމުމަކީ އެއީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަމާސްއާ އިޒްރޭލާ ދެމެދު ހެދި ސުލްހައިގެ އެއްބަސްވުމުގެ ދަށުން، ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީންގެ ހަ އަސީރަކު ދޫކޮށްލާ ގޮތަށް އޮތީ ޑީލް ހަދާފަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އިޒުރޭލުން ވަނީ މިކަމަށް ދެކޮޅުހަދާފަ އެވެ.

އިޒުރޭލުގެ މި އަމަލު ކުށްވެރިކޮށް ހަމާސްއިން ވަނީ ސުލްހައިގެ ވާހަކަތަކުން ދުރަށްޖެހިފަ އެވެ. ދެބައިގެ ދެމެދުގައި މަޝްވަރާތައް ހުއްޓިފައި އޮތުމުން، ޔަހޫދީންގެ އަނިޔާވެރިކަން ޣައްޒާގައި އަލުން ފެށިދާނެ ކަމުގެ ބިރު އޮތީ ވަރަށް ބޮޑުވެފަ އެވެ.

ހަމާސްއިން އިޒުރޭލުގެ އާބާދީތަކަށް، އޮކްޓޯބަރު 7، 2023 ގައި އަރައިގަތުމާ ގުޅިގެން ހިނގައިދިޔަ ޣައްޒާ ހަނގުރާމާގައި، 48،300 އަށް ވުރެ ގިނަ މީހުން ފަލަސްތީނުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒުރޭލުން ޣައްޒާގައި ހިންގީ ގަތުލުއާންމެއް ކަމަށް ނިންމުމަށް އިންޓަނޭޝަނަލް ކްރިމިނަން ކޯޓް (އައިސީސީ) އަށް ހުށަހެލި މައްސަލާގައި، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް އަކީ ހަނގުރާމައިގެ ކުށްވެރިން ކަމަށް ވަނީ ނިންމާފަ އެވެ. އަދި މި ދެ މީހުން ހައްޔަރުކުން އައިސީސީން ވަނީ އަމުރު ނެރެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345