ދުނިޔެ

ހަމާސްއާ އެކު ކުރެވެނީ އެމެރިކާގެ މަސްލަހަތު އޮތް މަޝްވަރާތަކެއް: އެމެރިކާ

ވައިޓް ހައުސްގެ ތަރުޖަމާން ކެރޮލައިން ލެވިޓް -- ހަމާސްއާ އެކު ކުރެވެނީ އެމެރިކާގެ މަސްލަހަތު އޮތް މަޝްވަރާތަކެއް ކަމަށް ވިދާޅުވި
0%
0%
0%

ފަލަސްތީންގެ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްއާ އެކު ސީދާ މަޝްވަރާތަކަށް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ޝައުގުވެރިވަނީ އެކަމުގައި އެމެރިކާގެ މަސްލަހަތު އޮތުމުން ކަމަށް އެ ގައުމުގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ކެރޮލައިން ލެވިޓް ވިދާޅުވި ގޮތުން ހަމާސްއާ އެކު މަޝްވަރާކުރާކަން އިޒުރޭލަށް އޮންނާނީ އަންގާފަ އެވެ. އެއީ އިޒުރޭލުގެ ރޭންވުންތަކާ އެމެރިކާގެ ޝައުގުވެރިކަމާ ފުށުއަރާފާނެ ކަމަށް ބަލާފައި އެންގި އެންގުމެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ހަމާސްއާ އެކު މަޝްވަރާކުރާ ކަަމަށް ވައިޓް ހައުސްއިން ބުނި ނަމަވެސް، މަޝްވަރާކުރެވޭ ދާއިރާތައް ކަނޑައަޅައި ހާމައެއް ނުކުރެ އެވެ.

މަޝްވަރާކުރެވެނީ ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީން މިނިވަންކުރަންކަން ނުވަތަ އެމެރިކާގެ ވިސްނުމުގައި ހުރި ކަންތައްތަކަކަށް ހަމާސް ލައްވައި އާނބަސް ބުނުވަން ކުރެވޭ މަޝްވަރާތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެމެރިކާގެ ނޫސްތައް ބުނާ ގޮތުން، އެމެރިކާއިން ހަމާސްއާ އެކު ކުރަނީ ސީރިއަސް މަޝްވަރާތަކެކެވެ. އޭގެ ތެރޭގައި ޣައްޒާއިން އާންމު ރައްޔިތުން ބޭލުމާ ބެހޭ ވާހަކަތައް ވެސް ހިމެނެ އެވެ.

ޣައްޒާ ހުސްކުރަން ހަމާސްއާ އެކު ޑީލެއް ހެދުމަކީ އެމެރިކާގެ އޮފިޝަލުންގެ ރޭވުމެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެެ. ހަމާސްގެ ރުހުމާ ނުލައި ޣައްޒާ ހުސްކުރުން އަނެއްކާވެސް ބޮޑު ހަނގުރާމައަކަށް މަގު ފަހިކުރުން އެކަށީގެންވާ ކަމަށް އަސްކަރީ އޮފިޝަލުން ގަބޫލުކުރެ އެވެ.

ޣައްޒާ ހުސްކުރުމަށް ފަހު އެ ބިމުގައި ވިޔަފާރި މަރުކަޒުތަކެއް ބިނާކުރުމަކީ ޓްރަމްޕް ސަރުކާރުން ގެންގުޅޭ ވިސްނުމެކެވެ.

އެމެރިކާގެ ވިސްނުމުގައި އޮތް ގޮތުން، ޓްރަމްޕް ސަރުކާރުން ބޭނުންވާ ގޮތަށް ޣައްޒާ ހުސްކުރުމަށްޓަކައި، ޣައްޒާގައި ދިރިއުޅޭ ހުރިހާ މީހުން އަވައްޓެރި އުރުދުންނަށާއި މިސްރަށް ފޮނުވާލަން ޖެހެ އެވެ.

އުރުދުން އާއި މިސްރުގައި އޮތް ހުސްބިންތަކުގައި ޣައްޒާގެ އާންމު ރައްޔިތުން ވަޒަންވެރިކުރުވައި ދިރިއުޅެވޭނެ ގޮތް ހެދުމުގައި އެމެރިކާ އެހީތެރިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910