ދުނިޔެ

ޣައްޒާ ހަނގުރާމަ ހުއްޓޭނީ އެމެރިކާއިން އިޒުރޭލަށް ޕްރެޝަރުކޮށްގެން: ހަމާސް

އިޒުރޭލުގެ ޖެޓުތަކުން ޣައްޒާގެ އިމާރާތަކަށް ދިން ހަމަލާއެއްގައި ހުޅުގަނޑު އަރަނީ -- އިޒުރޭލުން މިހާރު ވަނީ މުޅި ޣައްޒާ ސުންނާފަތިކޮށްފައި
0%
0%
0%

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އިޒުރޭލަށް ޕްރެޝަރުކުރުމަށް ހަމާސްއިން އެމެރިކާ ސަރުކާރަށް ގޮވާލާއިފި އެވެ. ސުލްހައިގެ މަޝްވަރާތައް ވަކިކޮޅަކަށް ބުރަނުވާ ނަމަ، ހަނގުރާމަ ހުއްޓާލަން އިތުރު ޝަރުތެއް ނެތް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ހަމާސްއިން ބުނި ގޮތުން ސުލްހައިގެ މަޝްވަރާތަކަށް އިޒުރޭލުން އިހުތިރާމްކުރަން ޖެހޭނެ އެވެ. އަދި އެއީ އިޒުރޭލުން އަމަލުކުރުން ލާޒިމު އެއްބަސްވުމަކަށް ވެސް ވާން ޖެހޭނެ އެވެ.

އެމެރިކާގެ ހުރިހާ ސަރުކާރަކުން -- މިހާރު އޮތް ޖޯ ބައިޑަންގެ ސަރުކާރުން އަދި ކުރިއަށް އޮތް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ވެސް، އިޒުރޭލަށް ޕްރެޝަރުކުރަން ޖެހޭނެ ކަމަށް ހަމާސްއިން ބުންޏެވެ.

ހަމަލާތައް ހުއްޓާލުމަކީ ހަމައެކަނި ހަމާސްއަށް އޮންނަ ޝަރުތަކަށް ވެގެން ނުވާނެ ކަމަށްވެސް -- އީރާންގެ މަދަދުވެރިކަމާ އެކު ފަލަސްތީންގެ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން ބުންޏެވެ.

ހަމާސްއިން ބުނި ގޮތުން ޣައްޒާ ހަނގުރާމަ ހުއްޓުވާލުމަކީ ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދަކަށް ވާއިރު އެކަމުގައި ސާބިތުވެ ހުންނެވުމަށް ވެސް ވަނީ ގޮވާލާފަ އެވެ. އިޒުރޭލުގެ ހަމައެއް، ލަމައެއް ނެތް ހަމަލާތައް ހުއްޓުވާލުމުގައި ބައިނަލްއަގްވާމީ މުޖުތަމުއަށް ބޭނުންވަނީ އެމެރިކާގެ އިޚުލާސްތެރިކަން ކަމަށްވެސް ހަމާސްއިން ބުންޏެވެ.

ހަމާސްއިން ބުނި ގޮތުން ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިންނަށް -- މިސްރަށާއި ގަތަށް އެ ޖަމާތުން ހުށަހެޅުމެއް އޮންނާނީ ހުށަހަޅާފަ އެވެ. އެއީ ހަމަލާތައް ހުއްޓާލައި ޣައްޒާއަށް އަލުން ދިރުން ގެނައުމަށް ކަމަށްވެސް ހަމާސްއިން ބުންޏެވެ.

ހަމަލާތައް ހުއްޓާލައި، ޣައްޒާ ދޫކޮށްގޮސް ތިބި އާންމު އަލުން ގެނައުމަށް މަގުފަހިކުރުމަށް ހަރުދަނާ އެއްބަސްވުމަކަށް ބޭނުންވާ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ހަމަލާތަައް ހުއްޓާލުމާ އެކު އިޒުރޭލުގެ އަސްކަރީ ބާރުތައް ޣައްޒާއިން ފައިބައި، އެހީދޭ ގާފިލާތަކަށް މިނިވަންކަން ދޭން ޖެހޭނެ ކަމަށް ވެސް ހަމާސްއިން ބުންޏެވެ.

ޔަހޫދީ ދައުލަތެއް މެދުއިރުމަތީގައި ދެމެހެއްޓުމަކީ އެމެރިކާގެ ވައުދެކެވެ. އަރަބިންގެ ބިންތައް ވަގަށް ނަގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން އެމެރިކާއަށް ބޮޑު ކަމަކަށް ނުވާއިރު، އެމެރިކާއަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ޝަރަފުދޭނެ ގޮތެއް ނިންމުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910