އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު އުޅުއްވަނީ އެ ގައުމުގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމުގައެވެ.
ޓްރަމްޕަށް ތާއީދު ހޯއްދެވުމަށް ދެއްކެވި ވާހަކަތަކެއްގައި -- އިދިކޮޅަށް ދެއްވި ހަމަލާތަކެއްގައި -- އެމެރިކާގައި ދިރިއުޅޭ ޔަހޫދީންނަށް ވެސް ހޯމަ ދުވަހު ވަރުގަދަ އިންޒާރެއް ވަނީ ދެއްވާފަ އެވެ.
ޓްރަމްޕް ވިދާޅުވީ ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް (އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންއަށް) ވޯޓުލައިފި ޔަހޫދީ އަކީ އިޒުރޭލު ދެކެ ލޯބިވާ ޔަހޫދީއެއް ނޫން ކަމަށެވެ. އެ ޔަހޫދީއަކު އެ ވަނީ އޭނާގެ ދީނަށް އިހާނެތިކޮށް ހިތާފައި ކަމަށްވެސް ވިދާޅުވި އެވެ.
ޓްރަޕްގެ މި ވާހަކަތަކާ ގުޅިގެން ވައިޓް ހައުސް އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އަދި އެމެރިކާގައި ދިރިއުޅޭ ޔަހޫދީންގެ ބޮޑުންގެ ނަފުރަތާއި ރުޅިވެރިކަން އޭނާއަަށް ވަނީ އަމާޒުވެފަ އެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އަކީ ޑިމޮކްރެޓިކް ކެންޑިޑޭޓެވެ. އޭނާ އަކީ ޒަޔަނިސްޓެއް ކަމަށް ތަކުރާރުކޮށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މިހެން ކަން އޮތް ނަމަވެސް ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލުން އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމުގައި ޑިމޮކްރެޓިކް ވެރިން ތިބީ ފޭލިވެފަ އެވެ.
ޣައްޒާގައި އިޒުރޭލުން ޖަރީމާތައް ހިންގުމަށް އެމެރިކާ ރުހިފައި އޮތް އޮތުމާ ބެހޭ ގޮތުން ޓްރަމްޕަށް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ އިޒުރޭލު ލައްވައި ލާއިންސާނީ އަމަލުތަކެއް ޑިމޮކްރެޓުން ހިންގުވަނީ ހަގީގަތުގައި ޔަހޫދީން ދެކެ ރުޅިއަރާތީ ކަމަށެވެ.
ޑިމޮކްރޭޓުން ބޭނުންވަނީ އިޒުރޭލު ހަލާކުވާން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި ޑިމޮކްރެޓިކް ކެންޑިޑޭޓަށް ވޯޓު ދީފިނަމަ އެ މީހަކުވެސް އިޒުރޭލު ނިކަމެތިވުމަށް ބައިއަތުހިފީ ކަމަށް ވިދާޅުވި އެެވެ.
ބައިޑަންގެ ޓީމުން ޓްރަމްޕަށް ރައްދު ދެއްވައި ވިދާޅުވީ މިއީ ދުނިޔޭގައި ރުޅިވެރިކަމާއި ނަރުފަތު އުފެއްދުމުގެ އާ ރޯޅިތަކެއް ފެތުރެމުން އަންނަ ޒަމާނެއް ކަމަށެވެ. ނަފުރަތު އުފެއްދުމަށް މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަަތައްވެސް ހިމެނޭ ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.
ޓްރަމްޕް އަކީ ތަފާތުކުރެއްވުމާ ނަފުރަތު އުފެއްދެވުމަށް އަރާ ހުންނެވި ލީޑަރެއް ކަމަށްވެސް ވައިޓް ހައުސްއިން ބުންޏެވެ.
ރިޔާސީ އިންތިހާބުގައި ޓްރަމްޕް ފޭލިވާނެ ކަމަށްވެސް ބައިޑަންގެ ކެމްޕޭން ޓީމުން ބުންޏެވެ. ސަބަބެއް ކަމަށް ބުނީ ނަފްރަތު އުފައްދަން ދައްކާ ވާހަކަތަކަށް އެމެރިކާގެ އެކަކުވެސް ކެތްނުކުރާނެތީ ކަމަށެވެ.