ދުނިޔެ

އިޒުރޭލު ސިފައިން ދެކުނު ލުބުނާނުން އަދި ނުފައިބާނެ: އައިޑީއެފް

ދެކުނު ލުބްނާންގައި އދގެ ސުލްހަ ބަލަހައްޓާ ފައުޖުތައް -- އިޒުރޭލު ސިފައިންގެ ޖެއްސުންކުރުމާ ހެދި ސުލްހަ ބަލަހައްޓާ ފައުޖުތައް ވަނީ ފޭއަށް ޖެހިފައި
0%
0%
0%

އިޒުރޭލު ސިފައިން ދެކުނު ލުބްނާނުން އަދި ނުފައިބާނެ ކަމަށް، އިޒުރޭލުގެ ދިފާއީ ބާރު -- އައިޑީއެފްއިން ބުނެފި އެވެ.

ހަމާސްއާ އެކު ކުރިން އެއްބަސްވި ގޮތަށް އިޒުރޭލު ސިފައިން ދެކުނު ލުބުނާނުން ނުފައިބާ ގޮތަށް ނިންމީ އިޒުރޭލަށް އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެތީ ކަމަށް އިޒުރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ.

އިޒުރޭލުން ހަމާސްއާ އެކު ހެދި ސުލްހައިގެ އެއްބަސްވުމުގައި އޮތް ގޮގުން، އެއްބަސްވުން ގާއިމުކުރެވޭ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި، އިޒުރޭލު ސިފައިން ލުބްނާނުން ފައިބަން ޖެހެ އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ހަމާސްއާ އެކު ހެދި އެއްވަސްވުމަށް ލުބްނާނުން އަދި އަމަލުކުރަން ފަށާފައެއް ނުވެ އެވެ.

ހިޒްބުﷲ ހަނގުރާމަވެރިން މިހާރު ތިބި މަގާމުތަކުން ފައިބައި އަދި ހަމާސްގެ ހަނގުރާމަވެރިން ފިލާ ތިބި ބިންގަރާސްތައް ދޫކޮށް ދިއުމަށް ފަހު ނޫނީ، އިޒުރޭލު ސިފައިން ދެކުނު ލުބްނާނުން ނުފައިބާނެ ކަމަށް އައިޑީއެފުން ވަނީ ބުނެފަ އެވެ.

އިޒުރޭލާއި ހަމާސްއާ ދެމެދު ގަތަރު މެދުވެރިކޮށް ހެދި ސުލްހައިގެ އެއްބަސްވުން ތަންފީޒުކުރަން ފަށާފައި ވާއިރު، މި އެއްބަސްވުމުގެ ބައެއް މާއްދާތަަކަށް ދަނީ އަމަލުކުރަމުންނެވެ.

މި ގޮތުން ޣައްޒާގެ އާންމު ރައްޔިތުން ހަރަކާތްތެރިވެ އުޅުމަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ވަނީ ލިބިފަ އެވެ. އަދި ޣައްޒާގެ ބައެއް ހިސާބުތަކުގައި ފިހާރަތައް ހުޅުވައި ބޭކަރީތަކުން ދަނީ ޚިދުމަތް ދެމުންނެވެ.

ނަމަވެސް، ފަލަސްތީންގެ އަވަށްތަކުގައި އިޒުރޭލު ހިންގަމުން ގެންދާ ޖަރީމާތަކަށް އަދިވެސް ބަދަލެއް ނާދެ އެވެ.

ހައްދުފަހަނައަޅާފައި ތިބި ޔަހޫދީންގެ ބައިގަނޑުތަކުން ފަލަސްތީންގެ އާންމުންނަށް އަނިޔާކުރުމާއި މީހުން މެރުން ފަދަ އަމަލުތައް ކުރިއެކޭ އެއްފަދައިން މިހާރުވެސް ދަނީ ކުރިއަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910