އީޔޫ

ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތު ހުއްޓުވަން ޔޫރަޕުން ތެދުވަނީ

ޔޫރަޕުގެ ގައުމުތަކުގެ ވެރިން ބައްދަލުކުރައްވަނީ
100%
0%
0%

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 20 ޕަސެންޓް ޓެރިފް ނެގުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ވިޔަފާރީގެ ހަނގުރާމައަކަށް ދާން އޮތް މަގު ބަންދުކުރުމަށް އީޔޫގެ ގައުމުތަކުން ގުޅިގެން މަސައްކަތް ފަށައިފި އެވެ.

އީޔޫގެ ޓްރޭޑް ކޮމިޝަނަރު މަރޮސް ސެފްކޮވިޗް ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔޭގެ ވިޔަފާރީގެ ނިޒާމަށް މިފަދަ ބޮޑު ބަދަލެއް އައިސްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ސެފްކޮވިޗް ވިދާޅުވީ މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ، އަމިއްލަ ދިފާއުގައި ވިޔަފާރީގެ ދިފާއީ ހަތިޔާރުތައް ބޭނުންކުރުމަށް އީޔޫއިން ޖެހިލުން ނުވާނެ ކަމަށެވެ. މީގެ ތެރޭގައި މައިކްރޮސޮފްޓް، އެމެޒޯން، ގޫގުލް އަދި މެޓާ ފަދަ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް އަމާޒުކޮށް ފިޔަވަޅު އެޅުމުގެ ވިސްނުން އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

އީޔޫގެ ރައީސާ އުރުސުލާ ވޮން ޑަ ލެޔެން ވިދާޅުވީ އީޔޫގެ ގައުމުތަކުން އުފައްދާ ކާރާއި އެހެނިހެން ސިނާއީ މުދަލުން ނަގައި ބައިލެޓަރަލް ޓެރިފް ލުއިކޮށްދިނުމަށް އެމެރިކާއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެމެރިކާ ސަރުކާރުން އެކަމަށް އެއްވެސް ޖަވާބެއް އަދި ދީފައި ނުވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އީޔޫ އިން އެމެރިކާއަށް އެތެރެކުރާ 380 ބިލިއަން ޔޫރޯގެ މުދަލަށް އިތުރު ޓެކްސްތަކެއް ނަގާނެ އެވެ.

ފްރާންސާއި ޖަރުމަންގެ ވިޔަފާރިއާއި އިގްތިސާދާ ބެހޭ ވަޒީރުން ވަނީ އީޔޫއިން ހަރުދަނާ ޖަވާބެއް ދޭން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާއާއި އީޔޫގެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެށިއްޖެނަމަ ދެ ފަރާތުގެ އިގްތިސާދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެތީ އީޔޫގެ ބައެއް ގައުމުތަކުން ބޭނުންވަނީ ވާހަކަދައްކައިގެން ވީހާވެސް އަވަހަށް މައްސަލަ ހައްލުކުރާށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910