ޓިކްޓިކް

އެމެރިކާގައި އަލުން ޓިކްޓޮކް ބެނުން ކުރެވޭގޮތް ހަދައިފި

އެމެރިކާ ސަރުކާރުން ޓިކްޓޮކް މަނާކުރުމަށް ކަނޑައަޅާފައިވާ ވަގުތު ޖެހުމުގެ ކުރިން، އެ ގައުމުގައި އެޕްލިކޭޝަން ބޭނުންނުކުރެވޭ ގޮތް ވެއްޖެ އެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ހަމަޖެހިފައި އޮތީ އިއްޔެއިން ފެށިގެންނެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓިކްޓޮކްއަށް އިތުރު 90 ދުވަސް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"އެމެރިކާގެ 170 މިލިއަނަށް ވުރެ ގިނަ ރައްޔިތުންނަށް ޓިކްޓޮކްގެ ހިދުމަތް ފޯރުކޮށްދިނުމާއި ހަތް މިލިއަނަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް ކުރިއަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޓްރަމްޕަށް ޝުކުރުވެރިވަން" ޓިކްޓޮކްއިން އެކްސްގައި ޕޯސްޓްކޮށްފައިވެ އެވެ.

ރައީސް ބައިޑެންގެ ވެރިކަމުގައި އެގައުމުގެ ކޮންގްރެސްއިން ޓިކްޓޮކް މަނާކުރުމަށް ފާސްކޮށްފައިވާ ބިލަށް އެގައުމުގެ ސުޕުރީމް ކޯޓުން ވެސް ވަނީ ތާއީދު ލިބިފަ އެވެ. އެހެންނަމަވެސް ޓިކްޓޮކްއިން ދަނީ މި ގާނޫނަކީ އެގައުމުގެ އަސާސީ މިނިވަންކަމާއި ބަސްބުނުމުގެ މިނިވަންކަން ގެއްލޭފަދަ ގާނޫނެއް ކަމަށް ފާހަގަކުރަމުންނެވެ.

ފަނޑިޔާރުންގެ ނިންމުމުގައި ބުނެފައިވަނީ މި ގާނޫނުގެ ސަބަބުން ބަސްބުނުމުގެ މިނިވަންކަމަށް އުނިކަމެއް ނާންނާނެ ކަމަށާއި ނަމަވެސް އެ އެޕްލިކޭޝަނުގެ ސަބަބުން އެމެރިކާގެ ގައުމީ ރައްކާތެރިކަމަށް ނުރައްކާވާ ކަމަށެވެ.

ޓްރަމްޕް އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުގައިވާ މަނާކުރުންތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އިތުރު މުއްދަތެއް ދިނުމަށް ހޯމަ ދުވަހު އަމުރެއް ނެރުއްވާނެ ކަމަށެވެ.

މިއަދު މެންދުރުފަހު މަގާމާ ހަވާލުވެވަޑައިގަންނަވާ ޓްރަމްޕް ވިދާޅުވެފައިވަނީ، އެމެރިކާގެ ވިޔަފާރިވެރިއަކު އެ ކުންފުނީގެ 50 އިންސައްތަ ގަތުމަށްފަހު ވިޔަފާރި ބައިވެރިއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ.