ދުނިޔެ

ޓިކްޓޮކް ވިއްކާލުމާ ބެހޭ ގޮތުން އެެމެރިކާއާ އެކު އެއްބަސްވާން އަދި ވަގުތު ނަގާނެ: ބައިޓްޑާންސް

0%
0%
0%

ޓިކްޓޮކްގެ އެމެރިކާ ގޮފި އެ ގައުމުގެ ވިޔަފާރިވެރިއަކަށް ވިއްކާލުމާ ބެހޭ ގޮތުން ކުރެވެމުންދާ މަޝްވަރާތައް ދިގުލައިގެން ހިނގައިދާނެ ކަމަށް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި -- ބައިޓްޑާންސުން ބުނެފި އެވެ.

ބައިޓްޓާންސުން ބުނި ގޮތުން ޓިކްޓޮކް ވިއްކާލުމާ ބެހޭ ގޮތުން މަޝްވަރާއަކަށް އެދުމުން ޗައިނާ ސަރުކާރުން އަދި ވަކި ޖަވާބެއް ނުދެ އެވެ.

އަނެއްކޮޅުން ޗައިނާއާ އެމެރިކާއާ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސކަމުގެ ސަބަބުން މަޝްވަރާތަކަށް ދުވެލި ނުލިބޭ ކަމަށްވެސް ބައިޓްޑާންސުން ބުންޏެވެ.

ވޮޝިންގްޓަން ޕޯސްޓް (ވާޕޯ) އިން ބުނާ ގޮތުން ޗައިނާ ސަރުކާގެ ރުހުމާ ނުލައި ޓިކްޓޮކަށް ގޮތެއް ހެދުމަކީ ބައިޓްޑާންސަށް އޮތް ދަތިކަމެކެވެ. ބޮޑަށް ބެލެވެނީ ބެއިޖިންގެ ބުނުމެއް ނެތި މަޝްވަރާތައް ވެސް ކުރިއަށް ގެންދަން ބައިޓްޑާންސުން ބޭނުން ނުވަނީ ކަމަށްވެސ ވާޕޯއިން ބުންޏެވެ.

ޓިކްޓޮކަކީ ގައުމީ ސަލާމަތައް ނުރައްކަލެއް ކަމަށް ނިންމައި އެމެރިކާގެ ކުރީ ސަރުކާރުން ވަނީ އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފަ އެވެ. ނަމަވެސް، އެމެރިކާގެ ވިޔަފާރިވެރިއަކު ޓިކްޓޮކާ ހަވާލުވެއްޖެ ނަމަ، އެމެރިކާގައި މި ނެޓްވޯކް ހިންގޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިޓްޑާންސަށް 90 ދުވަސް ދެއްވާފަ އެވެ.

މި މުއްދަތުގެ ތެރޭގައި ބައިޓްޑާންސަށް އޮތް މަސައްކަތަކީ ޓިކްޓޮކް އެމެރިކާގެ ވެރިޔަފާރިވެރިއަކަށް ވިއްކާލުމެވެ. އަދި ފައިދާ ދެ ބަޔަށް ހަމަހަމަ އުސޫލުން ބައިކުރުމަށް އެއްބަސްވުމެވެ.

ވާޕޯ ބުނާ ގޮތުން އެމެރިކާ ސަރުކާރާ އެކު ޗައިނާއަށް ރަނގަޅު އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ އެމެރިކާގައި ޓިކްޓޮކް ދާއިމަށް ބަންދުކުރަން ޗައިނާ ސަރުކާރުން ނިންމުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910