ދުނިޔެ

ޗައިނާ އަށާއި އިންޑިއާ އަދި ބްރެޒިލަށް ޓްރަމްޕް އިންޒާރުދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކަނާތުގައި) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ވަރަށް އަރިސް ދެ ލީޑަރުން ނަމަވެސް ކޮންމެ ބޭފުޅަކަށް ވެސް އެންމެ ބޮޑު ޒިންމާ އަކީ އަމިއްލަ ގައުމު
0%
0%
0%

ޗައިނާ އާއި އިންޑިއާ އަދި ބްރެޒިލް އަކީ އެމެރިކާއަށް ހެޔޮއެދޭ ގައުމުތަކެެއް ނޫން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ގައުމުތަކަށް އަނެއްކާސް އިންޒާރު ދެއްވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޗައިނާ އާއި އިންޑިއާ އަދި ބްރެޒިލުން އެމެރިކާއާ މުއާމަލާތްކުރަން ދަސްނުކޮށްފި ނަމަ، ދެވެން އޮތް އެންމެ ރަނގަޅު އަދަބަކީ މި ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ކަންބޮޑުވާ ވަރަށް ބޮޑުކުރުމެވެ.

މައިކްރޮޗިޕްސް އާއި ސެމީކޮންޑަކްޓަރުގެ ވައްތަރުތައް އަދި ބޭސްފަރުވާއަށް ބޭނުންކުރެވޭ ބާވަތްތައް އެމެރިކާއިން ބޭރުގައި އުފައްދައި، އެމެރިކާއަށް އެތެރެކުރާ ނަމަ، އެ ކުންފުނިތައް އެމެރިކާއަށް ބަދަލުވާ ވަރުގެ ބޮޑު ޓެކްހެއް ނަންގަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއަށް ތަކެތި ވިއްކާ ނަމަ އެމެރިކާގައި ކުންފުނިތައް ބިނާކުރަންވީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޗައިނާ އާއި އިންޑިއާ އަދި ބްރެޒިލަށް ވެސް އޮތް ގޮތަކީ އެމެރިކާގައި އިންވެސްޓްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި އޮތް އެންމެ މުއްސަނދި ގައުމަކަށް އެމެރިކާ ވާން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މި ގޮތަށް ކަންތައް ވާނީ އެމެރިކާއިން ބޭރުގައި އުފައްދައި އެ ގައުމަށް އެތެރެކުރާ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއަށް މުދާ ވިއްކާ ކުންފުނިތައް އެމެރިކާއަށް ގެންނަން މަޖުބޫރުކުރަން ޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާގައި ވަޒީފާ އިތުރުކުރުމާއި މަސައްކައްތެރިންގެ އަގު ހެޔޮކުރުމަކީ ވެސް ވިސްނުމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޗިޕް އުފައްދާ ކުންފުނިތައް އެމެރިކާއަށް ގެންދާނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ދެއްވި ކަހަލަ އެއްވެސް އިނާޔަތެއް، ޗިޕް އުފައްދާ ކުންފުނިތަކަށް -- މަސައްކަތްތައް އެމެރިކާއަށް ބަދަލުކުރާ އެއްވެސް ކުންފުންނަކަށް ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޓެކްސް ބޮޑުކުރީމަ ދެން ވާނެ ގޮތަކީ އެ ކުންފުނިތަކުން އެމެރިކާއަށް އެތެރެކުރާ މުދަލެއް ނުވިއްކޭނެ" ޓްރަމްޕް ވިދާޅުވި އެވެ. "އެ ކުންފުނިތައް އެމެރިކާއަށް ގެންނަން މިއަށް ވުރެ މޮޅު ވިސްނުމެއް ނޯންނާނެ" ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގައި އުފައްދާ އެއްވެސް އުފެއްދުމަކުން ޓެކްސް ނުނަންގަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭރުން އެ ކުންފުނިތަކަށް އަދި އެމެރިކާއަށް ވެސް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678