އިންޑޮނީޝިއާ އަކީ މިހާރު ބްރިކްސްގެ ފުރިހަމަ މެމްބަރު ގައުމެކެވެ. ބްރިކްސްގެ ރިޔާސަތު 2025 ގައި ބަލަހައްޓާ ބްރެޒިލުން މި ވާހަކަ އިއުލާންކޮށް، އިންޑޮނީޝިއާށް ތަހުނިޔާ ވަނީ ފޮނުވާފަ އެވެ.
އިންޑޮނީޝިއާއަށް ބްރިކްސްގެ ފުރިހަމަ މެމްބަރުކަން ލިބުމުން، ބްރިކްސްގެ ހުރިހާ ގައުމަކުން ވަރަށް އުފާކުރާނެ އެވެ. އެއީ ދެކުނު އިރުމަތީ އޭޝިއާގައި އޮތް އެންމެ ބޮޑު އާބާދީއަށް ވެފައި އަދި އެއީ އެންމެ ބޮޑު އިގުތިސާދަށް ވުމުންނެވެ.
ބްރިކްސްގެ މެމްބަރު ގައުމުތަކާ ގުޅިގެން ދުނިޔޭގެ އިގުތިސާދު ބަދަލުކުރުމަށް މަސައްކަތްކުރާނެ ކަމަށް އިންޑޮނީޝިއާއިން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ. އަދި ބްރިކްސް ބާޜުވެރިކުރުމުގައި ދެމިއޮންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބްރިކްސްގައި ނަގާ ކިޔާ ގައުމުތަކަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އެވެ.
މެމްބަރު ގައުމުތަކުގެ ތެރޭގައި މިސްރު، އިތިއޮޕިއާ، ޔުނައިޓެޑް އަރަބް އެމެރޭޓްސް އަދި އީރާން ހިމެނެ އެވެ. ސައުދީ އަރަބިއްޔާ އަކީ ވެސް ބްރެޒިލްގެ ބާރުވެރި ގައުމެއް ނަމަވެސް، އަދި ފުރިހަމަ މެމްބަރަކަށް ނުވެ އެވެ.
ބްރިކްސްގައި ބައިވެރިވުމަށް ތުރުކީން ވެސް ވަނީ ފޯމު ހުށަހަޅާފަ އެވެ. ތައިލޭންޑާއި ކަޒަކިސްތާން ވެސް މި އަހަރު ބްރިކްސްގެ ބައިވެރިއަކަށް ވާނެ އެވެ.
ބްރިކްސްއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި، އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލުމަކީ މި ޖަމާއަތުގެ ވިސްނުމެއް ކަމަށް ބުނެވެ އެވެ. މި ޖަމާއަތުގައި ހިމެނޭ ގައުމުތަކުން ވިޔަފާރީގެ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުންކުރާ ނިޒާމެއް މިހާރުވެސް ހިންގަ އެވެ.
ޑޮލަރުގެ ބާރު ކަނޑުވާލުމަކީ ބްރިކްސްގެ ވިސްނުމަކަމަށް ވާނަމަ، ބްރިކްސްއަށް ބައިއަތުހިފައިގެން ތިބި ހުރިހާ ގައުމަކުން 100 ޓެކްސް ނަގާނެ ކަމަށް އެމެރިކާގެ އިންތިޚާބީ ރަޢީސް، ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ.