ދުނިޔެ

"އާޖެންޓިނާ ބްރިކްސްގައި ބައިވެރި ނުވާނެ"

ބްރިކްސްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ބުނެ އެ ޖަމާއަތުގެ މެމްބަރަކަށް ވުމަށް އެދި ފޮނުވާފައި އޮތް ދައުވަތު އެ ގައުމުން ދޫކޮށްލައިފި އެވެ.

އާޖެންޓިނާގެ ރައީސްގެ މަގާމާ މިމަހުގެ 10 ވަނަ ދުވަހު ހަވާލުވެ ވަޑައިގެން ޚާވިއަރު މިލެއީ ވަނީ -- އެ ގައުމުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަލްބާޓޯ ފެނާންޑޭޒް ނިންމަވާފައި ހުރި ބައެއް ނިންމެވުންތައް ރުޖޫއަ ކުރައްވާފަ އެވެ.

އާޖެންޓިނާގައި މި އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި ޚާވިއަރު މިލެއީ ދެއްކެވި ވާހަކަތަކުގައިވެސް -- ރައީސްކަން ލިބިވަޑައިގެންފިނަމަ ބްރިކްސްގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާޖެންޓިނާ ބްރިކްސްގައި ބައިވެރި ނުވާނެކަން މިހާރު ވަނީ އެ ޖަމާއަތުގެ މަސްއޫލުވެރިންނަށް -- ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާއަށް ވެސް އަންގާފަ އެވެ.

ބްރިކްސް ޖަމާއަތަކީ އެއް އިގްތިސާދަކަށް ބަރޯސާކުރާ ޖަމާއަތެކެވެ. މި ޖަމާއަތުގެ މައިގަނޑު މަގުސަދަކީ މެމްބަރު ގައުމުތައް އިގުތިސާދީ ކުޑައަކުން ހިޔާވަހިކަން ލިއްބައި ދިނުމެވެ.

މި ޖަމާއަތުގައި ބައިވެރިވުމަށް ދުނިޔޭގެ ހުރިހާ ބައްރަކަށް ވަނީ ދައުވަތު ފޮނުވާފަ އެވެ. ގަބޫލުކުރެވޭ ގޮތުގައި ޔޫރަޕްގެ ބައެއް ގައުމުތައްވެސް މި ޖަމާއަތަށް ޝައުގުވެރިވެ އެވެ. އަދި ގަލްފު އަރަބި ގައުމުތަކުންވެސް ބްރިކްސްގައި ބައިވެރިވާނެ އެވެ.

ބްރިކްސް އަކީ ހުޅަނގަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ބުނެވެ އެވެ. އަދި ހުޅަނގުން އެކުލަވާފައި އޮތް "ޖީ ސެވަން" ޖަމާއަތަށް ނުރައްކާ ކުރާ ވަރުގެ ޖަމާއަތަކަށް ވާނެ ކަމަށްވެސް ބުނެވެ އެވެ.

މިކަމާ ހެދި އެމެރިކާއާ ބައިވެރިން މިހާރު ވެސް ވަނީ ބްރިކްސްއާ ދެކޮޅު އެޖެންޑާތައް އެކުލަވާލައި ހިންގަން ފަށާފަ އެވެ. އާޖެންޓިނާ ފަދަ ބައެއް ގައުމުތަކުން -- ހުޅަނގަށް ބަރޯސާކުރާ ސަރުކާރުތަކުން މި ފެންނަނީ އެ ނަތީޖާ އެވެ.

ބްރިކްސް ޖަމާއަތް ވަރުގަދަ އިގުތިސާދަކަށް ވެގެން އަންނައިރު އެމެރިކާ ޑޮލަރުގެ ބަދަލުގައި ބޭނުންކުރާނެ ފައިސާއެއް ކަނޑައަޅާނެ އެވެ. އަދި ބްރިކްސް ގައުމުތަކުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުމެއް ނުކުރާނެ އެވެ.

ބްރިކްސް އަކީ އެއްވެސް ގޮތަކަށް ހުޅަނގަށް ބަރޯސާކުރާ ޖަމާއަތަކަށް ނުވާނެ އެވެ. މެމްބަރު ގައުމުތަކުގެ މެދުގައި މާލީ މުއާމަލާތްތައް ހިންގުމަށް އަމިއްލަ ބޭންކްތައް އުފައްދައި، ފައިސާ ބަދަލުކުރުން ހަމައެކަނި ބްރިކްސްއަށް ހާއްސަ ނިޒާމަކަށް ބަދަލުކުރާނެ އެވެ.

ބްރިކްސް ވައިގައި ހިއްޕުމަށް އެންމެ ބޮޑަށް ބާރުއަޅަނީ ޗައިނާއާއި ރަޝިއާ އަދި އީރާން އެވެ. މިއީ ހުޅަނގުގެ ޖެއްސުން އެންމެ ބޮޑު ގައުމުތަކެވެ.