ދުނިޔެ

ޗައިނާއިން 34 ޕަސެންޓްގެ އެތިފަހަރަކުން އެމެރިކާއަށް ރައްދުފީފި

0%
0%
0%

އެމެރިކާއިން ޗައިނާއަށް އެތެރެކުރާ ހުރިހާ ބާވަތެއްގެ މުދަލުން -- މިހާރު ނަގަމުންދާ ޓެކުހުގެ އިތުރުން -- 34 ޕަސެންޓްގެ ޓެކުހެއް، އޭޕްރީލް 10 އިން ފެށިގެން ނަގާނެ ކަމަށް ޗައިނާގެ މާލީ ވުޒާރާއިން ބުނެފި އެވެ.

މިއީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ބާވާތްތަކުން 34 ޕަސެންޓްގެ ޓެކުހެއް ނެގުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ޗައިނާއިން ދިން ރައްދެކެވެ.

އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން މިހާރު ވެސް 20 ޕަސެންޓްގެ ޓެކުހެއް ނަގަ އެވެ. މާނަ އަކީ، ޗައިނާއިން އެމެރިކާއަށް ދެން އެތެރެކުރާ ހުރިހާ މުދަލަލުން 54 ޕަސެންޓްގެ ޓެކުހެއް ނަގާނެ ކަމެވެ.

ޗައިނާާ ގަބޫލުކުރާ ގޮތުގައި ޓްރަމްޕްގެ ޓެރިފް ސިޔާސަތަކީ އީގުތިސާދީ ގޮތުން ގަނާކުރުމެވެ. އަދި އެއީ ގައުމުތަކަށް މަލާމާތްކޮށް، އާންދޮގޭ ބުނެ މިނިވަން ވިޔަފާރީގައި ކުރާ ވަރަށް ގޮޑު ޖެއްސުމެއް ކަމަށްވެސް ޗައިނާ ދެކެވެ އެވެ.

އެމެރިކާއަށް މުދާ އެތެރެކުރާ ހުރިހާ ގައުމަކުން ޓެކްސް ނެގުމަށް ރައީސް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރުގައި، ގައުމުތަކުން ނަގާ ޓެކްސް 10 ޕަސެންޓް ފެށިން 49 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން މި ސިޔާސަތުގެ ސަބަބުން އެމެރިކާއަށް އިގުތިސާދީ ވަރަތަކެއް ލިބޭނެ އެވެ. އަދި އެހެން ގައުމުތަކުންގެ މަތިން އުދުހުމުގެ ގާބިލުކަން ލިއްބައިދޭނެ އެވެ.

އެމެރިކާގެ މި ޖެއްސުމަށް ހަދާނެ ގޮތެއް ހޯދުމަށް ޗައިނާއިން ވަނީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ -- ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.

ޓްރަމްޕްގެ މި ސިޔާސަތަށް ބަދަލުހިފުމަށް ޗައިނާއިން ވަނީ އެެމެރިކާގެ ބައެއް ކުންފުނިތަކުން މުދާ ގަތުން މަނާކޮށްފަ އެވެ. އަދި މި ކުންފުނިތަކުން ޗައިނާއަށް މިހާރު އެތެރެކުރާ ޝިޕްމަންޓްތައް ހުއްޓުވައި، ޗައިނާއާ އެކު ހަދާފައި ހުރި ވިޔަފާރި އެއްބަސްވުންތައް ވަނީ އުވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910