ދުނިޔެ

ޑިފެންސް ބިލުން ހުރިހާ ފައިދާއެއް ކުރާނެ ބަޔަކީ ޗައިނާ، ވީޓޯކުރާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުން އެ ގައުމުގެ އަހަރީ ޑިފެންސް ބިލް މިހާރު އޮތް ގޮތުން ހުރިހާ ފައިދާއް ކުރާނެ ބަޔަކީ ޗައިނާ އެވެ. އަދި އެ ބިލް ވީޓޯކުރައްވާނެ އެވެ. ޗައިނާއަށް ފައިދާވާ ގޮތަށް އެ ބިލްގައި ހުރި ކޮންކޮން ކަމެއްކަން ވިދާޅެއް ނުވެ އެވެ.

ޑިފެންސް ބިލަކީ މިލިޓަރީ ބަޖެޓެވެ. މިލިޓަރީއަށް ހޯދާ ތަކެއްޗާއި ޚިދުމަތްތެރިންގެ މުސާރަ އަދި ސިފައިންނާ ގުޅިފައި ހުރި ހުރިހާ ޚަރަދުބަރަދެއްގެ ތަފުސީލީ ލިޔުމެވެ.

ރިޕަބްލިކަނުންނާއި ޑިމޮކްރެޓުން ބުނާ ގޮތުގައި، ޑިފެންސް ބިލްގައި ޕޮލިސީތައް ކަނޑައަޅާފައި ވެސް ހުންނާނީ ޗައިނާއަށް ދަތިވާ ގޮތަށް ކަމަށާއި، ލަސް ނުކޮށް ގާނޫނަކަށް ހަދަންޖެހޭ ކަމަށެވެ.

ސެނެޓަރުން ވިދާޅުވާ ގޮތުގައި ޓްރަމްޕް ރަނގަޅަކަށް ބިލް ވިދާޅެއް ނުވެ އެވެ. އެނޫން ގޮތެއްގައި ދެން އޮތް ގޮތަކީ ވިލްގައި އޮތް އެއްޗެއް ޓްރަމްޕަށް އެނގިވަޑައިނުގަންނަވަނީ އެވެ.

ޓްރަމްޕަކީ ކުރައްވާނެ ކަމަށް ވިދާޅުވާހާ ކަމެއް ކުރައްވާ ބޭފުޅެއް ނޫނެވެ. ޑިފެންސް ބިލް ވީޓޯކުރައްވާނެ ކަމަށް ވިދާޅުވެ މިހާރު އެ ކުރައްވާ ކަމަކީ ސެނެޓަރުންނަށް ބިރުދެއްކެވުމެވެ. ޑިފެންސް ބިލް ސެނެޓުން ފާސްކޮށްފައި ވަނީ ޓްރަމްޕް ވީޓޯކުރެއްވި ނަމަވެސް ބިލްގެ ބާރުކަނޑައިގެން ނުދާހާ ބޮޑު ތަނަވަސްކަމާ އެކު އެވެ.

ޗައިނާއަށް ފައިދާވާނެ ކަމަށް ވިދާޅުވެ ޓްރީޓްކުރެއްވި ނަމަވެސް، ހިތްހަމަޖެހިވަޑައިނުގެން އުޅުއްވާ އަސްލު ސަބަބެއް ވިދާޅެއް ނުވެ އެވެ. ކަންބޮޑުވުމެއް އޮތް ނަމަ އެކަމެއް ވެސް ވިދާޅެއް ނުވެ އެވެ. ޑިފެންސް ބިލާ ބެހޭ ގޮތުން އެކި ފަހަރު އެކި ބަހަނާ ދައްކަވައި، ވީޓޯކުރައްވާނެ ކަމަށް އަބަދު ވެސް ވިދާޅުވެ އެވެ.

އެމެރިކާގައި މި އަހަރު އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ ޓްރަމްޕް އަދި ވެސް ގަބޫލުފު ނުކުރައްވަ އެވެ. ވިދާޅުވަނީ މުއައްސަސާތަކުން ގޯހެއް ހަދައިފ ކަމަށެވެ. އެނޫން ގޮތެއްގައި ޓްރަމްޕް ނޫން މީހަކަށް ކާމިޔާބުނުލިބޭނެ ކަމަށެވެ.