ދުނިޔެ

އެމެރިކާ އަކީ މަޝްވަރާކުރަން ހެޔޮވާ ވަރުގެ ބައެއް ނޫން: އީރާން

100%
0%
0%

އެމެރިކާގައި ވެރިކަންކުރަނީ ޔަހޫދީންގެ ވެސް އެންމެ ނުބައި ވައްތަރުގެ ބައިގަނޑެއް ކަމަށް އީރާންގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް މުހައްމަދު ބަޣޭރީ ވިދާޅުވެއްޖެ އެވެ.

ބަޣޭރީ ވިދާޅުވި ގޮތުން އެމެރިކާ އަކީ އިތުބާރުކުރަން އަދި މަޝްވަރާކުރަން ވެސް ހެޔޮވާ ވަރުގެ ގައުމެއް ނޫނެވެ.

އެ މީހުންގެ ގޮތަކީ ވައުދެއްވެއްޖެ ނަމަ، ބޮލާލައި ޖެހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އައި އެއީވެސް ކުރިއާލައި އަންގާލުމެއް ވެސް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޣޭރީ ވިދާޅުވި ގޮތުން އަސްކަރީ ފެންވަރަށް ނިއުކްލިއާ މުއްސަނދިކުރުމަކީ އީރާނުން ދުަވަހަކުވެސް ރާވާފައި އޮތް ކަމެއް ނޫނެވެ. އަސްކަރީ ފެންވަރަށް ނިއުކްލިއާ މުއްސަނދިނުކޮށް، ނިއުކްލިއާ ބޮމެއް އުފެއްދޭނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފޮނުވި ސިޓީ އަކީ މަކަރުން ފުރިފައި އޮތް މަޅިއެއް ކަމަށް ބަޣޭރީ ވިދާޅުވި އެވެ. އީރާނަށް އިންޒާރުދީ ބިރުދެއްކުމަކީ އާދައިގެ ކަމެއް ގޮތުގައި ދެކެވަޑައިނުގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔަހޫދީންގެ އުނދަގޫ މާ ބޮޑުވާން ފަށައިފި ނަމަ، ނިއުކްލިއާ ޕްރޮގްރާމްގެ މިސްރާބު މަދަނީ ބޭނުންތަކުން ސީދާ އަސްކަރީ ބޭނުންތަކަށް ބަދަލުކޮށްލާނެ ކަމަށްވެސް ބަޣޭރީ ވިދާޅުވި އެވެ.

އީރާން އޮތީ އެމެރިކާއާ އެކު ސީދާ މަޝްވަރާއަށް ދާ ގޮތަށް ނޫން ކަމަށް ބަޣޭރީ ވިދާޅުވި އެވެ. ނަމަވެސް، ނުސީދާ މަޝްވަރާތަކަށް ދޮރުތައް ހުޅުވިފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އީޜާން އަކީ ހަނގުރާމައެއް ނުކުރެވިގެން އުޅޭ ގައުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެކަަމަކު އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ، ތަންގަނޑެއް ނޮޅާނުލައި ދޫކޮށްނުލާނެ ކަމަށްވެސް ބަޣޭރީ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910