ޗައިނާގެ ބައިޓްޑާންސްއިން ހިންގާ ޓިކްޓޮކްގެ އެމެރިކާ ގޮފި ގަންނާނެ ކިތަންމެ ބަޔަކު އެމެރިކާގައި ތިބި ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އަދި ވިދާޅުވީ ޓިކްޓޮކް ގަތުމަށްޓކައި މައިކްރޮސޮފްޓުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އެމެރިކާގައި ޓިކްޓޮކް ނުހިންގޭ ގޮތަށް އެ ގައުމުގެ ކުރީގެ ސަރުކާރު -- ޖޯ ބައިޑަންގެ ސަރުކާރުން ގާނޫނެއް ފާސްކޮށް ފަނީ ތަންފީޒުކޮށްފަ އެވެ.
ނަމަވެސް، ޑޮނަލްޓް ޓްރަމްޕް ޖެނުއަރީ 20 ގައި ވެރިކަމަށް ވަޑައިގެން ޓިކްޓޮކަށް ވަނީ 90 ދުވަސް -- ތިން މަސްދުވަހުގެ މުހުލަތެއް ދެއްވާފަ އެވެ. އެއީ ޓިކްޓޮކްގެ އެމެރިކާ ގޮފި ގަންނާނެ ބަޔަކު ހޯދުމަށެވެ.
އެމެރިކާގައި ޓިކްޓޮކް މަނާކުރީ ގައުމީ ނުރައްކަލެއް ކަމަށް ބުނެ އެވެ. ބައިޑަން ސަރުކާރުގެ އޮފިޝަލުން ބުނި ގޮތުން ޓިކްޓޮކް ބޭނުންކުރާ މީހުން ޒާތީ މައުލޫމާތު ޗައިނާޢިން އެއްކުރެ އެވެ.
ނަމަވެސް، ބައިޓްޑާންސުން އެމެރިިކާގެ މި ބުނުން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ. ބައިޓްޑާންސުން ބުނި ގޮތުން ޓިކްޓޮކް ބޭނުންކުރާ އެއްވެސް ބައެއްގެ ޒާތީ މައުލޫމާތު އެމީހުން އެއްކުރާ ކަމަށް ބުނުމަކީ ބުހުތާނު ދޮގެކެވެ.
އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ 170 މިލިއަނަށް ވުރެ ގިނަ މީހުން އެބަ އުޅެ އެވެ. ޓިކްޓޮކް ބޭނުންކުރުން ކުޑައިރުކޮޅަކަށް ބައިޑަން ސަރުކާރުން މަނާކުރުމާ ގުޅިގެން، އެމެރިކާގައި މި އެޕްލިކޭޝަން ބޭނުންކުރި ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ދިޔައީ ޗައިނާގެ ރެޑްނޯޓަށެވެ.
އެމެރިކާގައި ޓިކްޓޮކް ގަންނާނެ ކިތަންމެ ބަޔަކު ތިބި ނަމަވެސް ޓިކްޓޮކް ވިއްކާލުމަކީ ބައިޓްޑާންސުން ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް، ޓިކްޓޮކްގެ ބްރޭންޑް ސަޚުސިއްޔަތަށް ލިބިދާނެ ގެއްލުމަކަށްޓަކައި މައިކްރޮސޮފްޓަށް ވިކުވަކީ ވެސް އެކަށީގެންވާ ކަމެވެ.
ޓިކްޓޮކް ގަންނަން ޝައުގުވެރިވާ މަހުޖަނުންގެ ތެރޭގައި އެކްސްގެ ވެރިޔާ އީލޮން މަސްކް ހިމެނޭ ކަމަށްވެސް ވާހަކަދެކެވުނެވެ.