ދިރާގު

މި ރަމަޟާން މަހު ދިރާގު މެޖިކް ޑޭޓާ އެކްޓިވޭޓްކޮށްގެން ހިލޭ ޑޭޓާ

0%
0%
0%

މި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށްގެންދާ ހާއްސަ އޮފާތަކުގެ ތެރެއިން ދިރާގު އެޕް މެދުވެރިކޮށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 10 ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓްރީމްކުރުމަށާއި ބްރައުސްކުރުމަށް ނުވަތަ ގާތް ފަރާތްތަކާ ގުޅުންބަދަހިކުރުމަށް ކަމުގައިވިޔަސް ދިރާގުގެ ޑޭޓާ އެޑް-އޮންތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ދިރާގުން ބުނި ގޮތުގައި މި ޑޭޓާ ޕެކްތަކުގެ ތެރެއިން 100 ޖީބީ ޑޭޓާ ޕެކް، މަންތުލީ އަދި ސަޅި އެޑް-އޮންތަކަކީ މިހާރު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޑޭޓާ ޕެކްތަކެކެވެ.

އެހެންކަމުން ރަމަޟާން މަހު ދިރާގުން މި ޕެކޭޖްތައް އެކްޓިވޭޓްކުރުމުން ދިރާގުން ދޭ އޮފާއާއެކު ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ އެވެ.

މީގެ އިތުރުން މާޗް 1 އިން މާޗް 30، 2025 ގެ ނިޔަލަށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް 850 ޑޮލަރުގެ މޫދު ހޮލިޑޭސްގެ ވައުޗަރެއް ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފަ އެވެ.

މިއީ، ރާއްޖޭގެ ރީތި މާހައުލުގައި ޗުއްޓީ ހޭދަކޮށްލުމަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ.

ދިރާގު އެޕް މެދުވެރިކޮށް ލިބޭ މެޖިކް ޑޭޓާގެ މި އޮފާއަކީ ފަސޭހަކަމާއެކު މޮބައިލް ފޯނު މެދުވެރިކޮށް ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ލިބުމުގެ ފުރުސަތު އޮތް އޮފާއެއްކަން ދިރާގުން ފާހަގަކުރެ އެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ އެ ފަދަ ދެވަނައެއް ނުވާ ކުންފުންޏެކެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345