ދިރާގު

މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ މަހަށް ހާއްސަ އޮފާތަކެއް

0%
0%
0%

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ތަފާތު ޕްރޮމޯޝަންތަކެއް އަގުހުރި އިނާމުތަކާއެކު ތައާރަފްކޮށްފި އެވެ.

އިނާމުތައް ތައާރަފްކުރަން ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އޮފިޝަލުންގެ އިތުރުން ޕްރޮމޯޝަންތަކުގައި ފެނިގެންދާނެ އުމުރުން 12 އަހަރުގެ މިޝާ ވެސް ބައިވެރިވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިޝާ ބުނި ގޮތުގައި އޭނާގެ ރޯދަ ޗެލެންޖަކީ އަދި ސަޕްރައިޒެކެވެ. މި ޗެލެންޖުގައި ހިމެނޭ ކަންތައްތައް ރޯދަ މަހުގެ ތެރޭގައި އެނގިގެން ދާނެ އެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މި ޗެލެންޖުގައި ބައިވެރިވެ އިނާމުތައް ހޯދުމަކީ މިޝާގެ އެދުމެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހް އާދަމް ވިދާޅުވި ގޮތުގައި މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް ފައިދާކުރާނެ އަގު ހުރި ގިނަ އިނާމުތަކާއެކު ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ރަމަޟާން މަހަކީ ވަރަށް ގިނަ ލުއި ފަސޭހަތަކާއި އިނާޔަތްތައް ލިބިގެންދާ މަހެއް ކަމުގައި ފާހަގަކުރައްވައި، މި މަހުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް މިޝާގެ ރޯދަ ޗެލެންޖު އެހީ ވެދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ދިރާގުން ލޯންޗުކުރި ރޯދަ ޕްރޮމޯޝަންތަކަކީ:

  • ކަރާ ފެޅުން: ކޮންމެ ދުވަހަހު ދިރާގު އެޕްގައިވާ ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު. މި އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަން އެސް 25 ފޯން، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޒަލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނޭ.
  • ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު.
  • މެޖިކް ޑޭޓާ: ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސިލެކްޓް ޑޭޓާ އެޑް-އޮން އެކްޓިވޭޓްކޮށްގެން ހިލޭ ބޯނަސް ޑޭޓާ ހޯދުމުގެ ފުރުސަތު.
  • ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާއިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ.
  • ހިލޭ އައިއެމްއޯ: ދިރާގު އެޕް އިން އެޑް-އޮން އެކްޓިވޭޓްކޮށްގެން ހިލޭ އައިއެމްއޯ، 90 ދުވަހުގެ މުއްދަތައް. މިއީ، ބިދޭސީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް.
  • ޑޮނޭޓް އޮން އެޕް: ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމާފައި. ދިރާގުގެ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް މި ރަމަޟާން މަހު މި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ.
  • ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން: ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖެއްސުން.

ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށް ގެންދާ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ދިރާގުގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރޯދަ މަހު ވެސް ދިރާގުގެ ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ކުރިއަށްދާނެ އެވެ. އަދި މި އަހަރުވެސް ދިރާގާއި މަމްސް އެއިޑް ގުޅިގެން "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345