ފެޝަން

އައިސްކިއުބުން ހަންގަނޑު އުޖާލާ ކުރެވިދާނެ!

ގައިގެ ހަން ރީތިވެފައި އޮމާންވާން ބޭނުންވެފައި އެކަމަށް ނޭދޭނީ ކާކު ހެއްޔެވެ؟ އެންމެންވެސް އެދޭނެ އެވެ. ހަން ރީތި ކުރަން ކުރެވިދާނެ ބައިވަރު ކަންކަން ހުރެ އެވެ. ވަރަށް އާދައިގެ އެހީއެއް ވެދެވެން އެބައޮތެވެ. އެއީ އައިސް ކިއުބު ބޭނުންކޮގެން ގައިގެ ހަން ރީތިކޮށްލެވިދާނެ ގޮތަކަށް ވާނެ އެވެ.

ފުރަތަމަ ސުވާލަކަށްވާނީ ގަޑުފެން ނުވަތަ އައިސްކިއުބާއި ރީތި ހަމާ ހުރީ ކިހާވަރެއްގެ ގުޅުމެއްހެއްޔެވެ؟ އެ ސުވާލު ބާއްވާށެވެ. އަގުބޮޑެތި ބުރޭންޑް ތަކުގެ އަޖުމަ ބެލުމުގެ ބަދަލުގައި އެއްފަހަރު ނަމަވެސް ގެއިން ލިބެންހުރި އައިސް ކިއުބްގެ އަޖުމަ ބަލައިލަން ކިިހިނެއް ހެއްޔެވެ؟

އޮމާން ރީތި ހަންގަނޑަކަށް

މޫނުގައި އައިސްކިއުބް އުނގުޅުމުން ހަންގަނޑު ފިނިވެ ލޭ ދައުރުވުން އިތުރުވެގެން ދެ އެވެ. އަދި އެހެން ހެދުމުން ހަންގަނޑު ސާފުވެ އުޖާލާވެ ކުރިޔަށްވުރެ ރީތި ކަމަށް ދައްކަ އެވެ. ފެނުން އައިސް ކިއުބް ހެދުމުގެ ބަދަލުގައި މޭވާގެ ޖޫސް ބޭނުންކޮށްގެން ހަދާ އައިސް ކިއުބު ވެސް ބޭނުން ކުރެވިދާނެ އެވެ.

ލަކުނު ފިލުވުމަށް

މޫނުގައި ހުންނަ ލަކުނުތައް ފިލުވައިމަށް ވެސް އައިސް ކިއުބް ބޭނުން ކުރެވިދާނެ އެވެ. ލުނބޯހުތް ބޭނުންކޮށްގެން ހަދާފައިވާ އައިސް ކިއުބު އުނގުޅުމުން ލަކުނުތައް ފިލުވަން ފަސޭހަ ވެގެންދެ އެވެ. އަދި މޫނު ނަގާ ބިހިތަކަށް ވެސް އައިސް ކިއުބް ބޭނުންކޮށްގެން ހައްލު ހޯދިދާނެ އެވެ. އެގޮތުން ބިހިތަކުގައި މަތީގައި އައިސް ކިއުބު އުނގުޅުމުން ބިހިތައް ތިރިވެ މޫނު ރީތިވެ އެވެ.

ލޯ ކައިރި ކަޅުވުން ފިލުވުމަށް

މީހާގެ މޫނުގެ އުޖާލަކަން އެންމެ ބޮޑަށް ގެއްލިގެންދާ އެއްކަމަކީ ލޯ ކައިރި ކަޅުވުމުވެ. އެގޮތުން ލޯ ކައިރި ކަޅުކަން ފިލުވުމަށް ކިއުކަމްބާގެ ދިޔަ ނުވަތަ ރޯސް ވޯޓާ (ފިނިފެން) ކިއުބު ލޯކައިރީގައި ބޭނުން ކުރެވިދާނެ އެވެ. ރޭގަނޑު ރަނގަޅަށް ނިދި ނުލިބި ލޯ ކައިރި ދުޅަ ވެފައިވާ ނަމަވެސް އައިސް ކިއުބު ލޯ ކައިރިގައި އުނގުޅާލުމުން ލޯކައިރި ރީތި ކަމަށް ދައްކާނެ އެވެ.

ސްކިން ޓޯނާ

އަގުބޮޑު ޓޯނާތައް ގަތުމަށް ފައިސާ ހަރަދު ކުރުމުގެ ބަދަލުގައި، މޫނު އޮމާންކޮށް ރީތި ކުރުމަށް އައިސް ކިއުބް އަކީ ހަމަ ގައިމުވެސް އެންމެ އަގު ހެޔޮ ގޮތެވެ. އެގޮތުން މޭކަޕް ކުރުމުގެ ކުރިން އައިސްކިއުބް އެއް މޫނުގައި އުނގުޅާލާށެވެ. އޭރުން މޫނުމަތި ތާޒާ ކަމަށް ދައްކާނެވެ. އަދި މޫނުގައި ހުންނަ ލޯވަޅުތައް ބެދުމުން، ފައުންޑޭޝާނާއި އިތުރު ކެމިކަލް ތައް ހަނގަނޑުގެ އެތެރެއަށް ވަދެ ނުދީ ހިފަހައްޓާނެވެ.

ރޫޖެހުމުން ދުރުކޮށްދޭ

މޫނުގައި އައިސް ކިއުބް އުނގުޅުމުން ހަންގަނޑު ވާންކަންމަތީ ހިފަހައްޓަ އެވެ. އަދި ހަންގަނޑު ރޫޖެހުމުން ދުރުކޮށްދެ އެވެ.

އައިސްކިއުބް ބޭނުން ކުރާއިރު، ފޮތިކޮޅަކަށް ކިއުބު ލުމުގެ ބަދަލުގައި ސީދާ ހަންގަނޑުގައި އައިސްކިއުބް އުނގުޅިދާނެ އެވެ. އަދި ފޮތި ކޮޅަކަށް އައިސް ކިއުބު ލުމަށްފަހު މޫނުގައި އުނގުޅި ނަމަވެސް އައިސް ކިއުބުން ކުރާ ފައިދާއަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
އައިސް ކިއުބް ބޭނުން ކުރާއިރު މާ ބޮޑަށް ހަންގަނޑަށް ފިނިވާ ވަރަށް ބޭނުން ނުކުރަން އަބަދު ވެސް ހަނދާން ކުރަންވާނެ އެވެ. އެގޮތުން އެއްތަން ކޮޅެއްގައި ފަނަރަ މިނެޓަށް ވުރެ ގިނަ އިރު ވަންދެން އައިސްކިއުބު ޖައްސައިގެން ހުރުމުން އޭގެން ލިބެންވާ ފައިދާ ނުލިބި ހަންގަނޑަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ.

އައިސް ކިއުބް ފެނުން ހެދުމުގެ ބަދަލުގައި ރޯސް ވޯޓާ (ފިނިފެން) ކިއުކަމްބާ ޖޫސް، ލުނބޯ، ނުވަތަ ގްރީންޓީ ކަހަލަ އެއްޗަކުން ވެސް އައިސްކިއުބް ހަދައިގެން ބޭނުން ކުރެވިދާނެ އެވެ. ކޮންމެ އެއްޗެއް ބޭނުން ކުރި ނަމަވެސް އެމީހެއްގެ ހަންގަނޑާ ގުޅޭ އެއްޗެއް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.