ލެ ޕާފިއުމް

މިއީ ތަފާތު ޕާފިއުމްތަކެއް، ތަޖުރިބާކޮށްލަބަލަ

އަޅާ ހެދުމާއި ބުރުގާ ސްޓައިލް ކުރާގޮތުގެ އިތުރަށް އެމީހަކު ބޭނުންކުރާ ސެންޓު ނުވަތަ ޕާފިއުމް އަކީ ގިނަ ބަޔަކަށް ވަރަށް މުހިއްމު އެއްޗަކަށް ވެއެވެ. އެހެންވެ ބައެއް މީހުން އަބަދު ބޭނުންކުރުމަށް ގެންގުޅޭ "ސިގްނޭޗަ" ޕާފިއުމްފުޅި އަކީ ކޮންމެ މީހަކުވެސް ވަރަށް ފަރުވާތެރިކަމާއެކު އިހްތިޔާރު ކުރާ އެއްޗެކެވެ. އަންހެނުންނަށާއި ފިރެހެނުންނަށްވެސް ކަމުދާނެ ފަދަ ތަފާތު އާ ވައްތަރެއްގެ ޕާފިއުމް ފުޅިއަކަށް އެދޭ މީހުންނަށް މިހާރު އެންމެ މަގުބޫލް ޕާފިއުމްގެ ވައްތަރުތައް ހިއްސާކޮށްލާނަމެވެ.

ކަޔާލީ ވެނީލާ 28

އަންހެނުންނަށް ހާއްސަ ޕާފިއުމްގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުކަން ލިބުނު "ކަޔާލީ"ގެ ޕާފިއުމް ކަލެކްޝަނަކީ މިވަގުތަށް އެއްވަނަ އެވެ. ޙައްސަ ގޮތެއްގައި މި ކަލެކްޝަންގެ ތެރެއިން "ކަޔާލީ ވެނީލާ 28" އަށް އިތުރު މަޣޫބޫލުކަމެށް ލިބިފައިވެ އެވެ.

ބްރައުން ޝުގާ އަދި ވެނީލާ ބޭނުންކޮށްގެން ހަދާފައިވާ ކަޔާލީ ވެނީލާ 28ގެ ވަހަކީ މުޅި ދުވަސް ނިމެންދެން އޭގެ ވަސް ހިފަހައްޓައިދޭ ޕާފިއުމް އެކެވެ.

ވައިއެސްއެލް ލިބްރަ

މަޝްހޫރު ފްރެންޗް ޑިޒައިނަ ވައިއެސްއެލްގެ ޕާފިއުމްތަކަކީ އަބަދުވެސް އަންހެންވަންތަ ވަހެއް ހުންނަ އަދި ގިނަ ވަގުތު އެ ވަސް ހިފަހައްޓައިދޭ ޕާފިއުުމްތަކެކެވެ.

ފްރެންޗް ބަހުން ނަމަ "ލިބްރަ" އަކީ މިނިވަންކަން މާނަކުރުމަށް ބޭނުންކޮށްއުޅޭ ބަހަކަށްވާއިރު މިވައްތަރުގެ ޕާފިއުމް ފުޅިއާއި އޭގެ ވަހަކީ މިނިވަންކަން ރަމްޒުކޮށްދޭ އެއްޗެކެވެ. ލެވެންޑާ މަލުގެ އެސެންސްއާއި، އޮރެންޖު އަދި ވެނީލާގެ ވަސް އެކުލެވިފައިވާ މި ޕާފިއުމް ފުޅިތައް ހަމަގައިމު ވެސް ފުރިހަމަ އެވެ.

ޔާރާ ލަތާފާ

ސޯޝަލް މީޑިއާގައާއި ހާއްސަކޮށް ޓިކްޓޮކްގައި މިހާރު އެންމެ މަޝްހޫރު އަރަބިއަން ޕާފިއުމް އަކީ ޔާރާ އެވެ. ޔާރާ ޕިންކަކީ ސޭންޑަލްވުޑްއާއި މަސްކްގެ ވަސް ހުންނަ ޓްރޮޕިކަލް ޕާފިއުމްކެވެ.

ސޯޝަލް މީޑިއާގައާއި ހާއްސަކޮށް ޓިކްޓޮކްގައި މިހާރު އެންމެ މަޝްހޫރު އަރަބިއަން ޕާފިއުމް އަކީ ޔާރާ އެވެ. ޔާރާ ޕިންކަކީ ސޭންޑަލްވުޑްއާއި މަސްކްގެ ވަސް ހުންނަ ޓްރޮޕިކަލް ޕާފިއުމްކެވެ.

މީގެ އިތުރުން ފާހަގަކޮށްލެވޭ ޔާރާ - ލަތާފާގެ ޓައުސް އަކީ ކާށި، އަނބު އަދި ޕެޝަންފްރުޓް ފަދަ މޭވާގެ ވަސްތަކުން މުއްސަނދި ސެންޓެކެވެ. މީގައި ޖޭސްމިން ފަދަ ވަސްތައް ވެސް ކޮންމެވެސް ވަރަކަށް ހިމެނެ އެވެ.

ލެ މޭލް ލެ ޕާފިއުމް އިންޓެންސް

ފިރެހެނުންނަށް ހާއްސަ މި ޕާފިއުމްއަކީ މިލިސްޓުގެ އެއްވަނަ ހައްގު ޕާފިއުމްއެއްކަން ޔަގީނެވެ. މި ފާމިއު އާންމުކޮށް ބޭނުންކުރަން ފަށައިފިނަމަ މިއަށް އާދަވާ ކަމަށް މިވައްތަރުގެ ޕާފިއުމް ބޭނުންކުރާ ބައެއް މީހުން ބުނެފައިވެ އެވެ.

އެތެރެ ނުފެންނަ ފުޅިއެއްގައި ޕެކްކޮށްފައި ހުންނަ މިވައްތަރުގެ ޕާފިއުމް ފުޅިއަކީ ހުސް ކަޅުން ފޭރާންވެފައިވާ ޔުނިފޯމެއް ކަހަލަ ފުޅިއެކެވެ. ފިރެހެންވަންތަ ވަހެއް ހުންނަ މިވައްތަރުގެ ޕާފިއުމްގެ ވަހަކީ ހިތްގައިމު އަދި ހިތްޖައްސުވާ ފަދަ ވަހެކެވެ.

ވެލެންޓީނޯ - ބޯން އިން ރޯމާ

މި ޕާފިއުމް އަކީ ޖަހައިން ހުންނައިރު މީހާގެ ޝަހުސިއްޔަތު ބަޔާންކޮށްދޭ ފަދަ ވަހެއް ހުންނަ ޕާފިއުމް އެކެވެ. ލޮނާއި އިނގުރުގެ ކުޑަ ނޯޓަކުން މި ވަހަށް މޮޑާން ކަމެއް ގެނެސްދެ އެވެ. ނަމަވެސް މީގެ ވަސް ފެށެނީ ވައިލެޓް ފަތުގެ ތާޒާ ވަހުންނެވެ.

މި ފުޅީގައި ހުންނަ ޝޭޕަކީ ރޯމަނުންގެ ހައިރާންކުރުވާ ފަދަ އާކިޓެކްޗާ އިން އިންސްޕަޔާ ވެގެން ހަދާފައިވާ ޝޭޕެކެވެ. މިވައްތަރުގެ ޕާފިއުމަށް ނިސްބަތްކުރަމުން ޕިއެރްޕައޯލޯ ޕިޗިއޯލީ، މައިސަން ވެލެންޓީނޯގެ ކްރިއޭޓިވް ޑިރެކްޓަރު ވިދާޅުވަނީ ރޯމަންއެއްހެން އިހްސާސް ވާކަށް ކޮންމެހެން ރޯމަންއަކަށް ވާކަށް ނުޖެހޭ ކަމަށެވެ. މިވައްތަރުގެ ޕާފިއުމް ފުޅިއެއް ގަތުމުންވެސް އެ އިހްސާސް ކުރެވޭނެ ކަމަށް ބުންޏެވެ.

ޓޮމް ފޯޑް އޫޑް ވުޑް

ޓޮމް ފޯޑްގެ ޕާފިއުމް ތަކަކީ އޭގެ ޒާތުގައި ހާއްސަ ޝަރަފެއް ލިބިފައިވާ ޕާފިއުމްތަކެކެވެ. ކޮންމެ ފުޅިއެއްވެސް އެހާ ފާހަގަކުރެވޭއިރު މިއީ މިއަހަރު އެންމެ ހިނގާ ޕާފިއުމްގެ ތެރޭގައި އެންމެ މަތީގައި ހިމެނޭ އެއް ޕާފިއުމް އެވެ.

އާންމުކޮށް ނުފެންނަ ފަދަ އޫޑް ނޯޓްސް އަކީ މި ފާއުމްގައި ހިއްސުތަކަށް ތާޒާ އިހްސާސްތަކެއް ގެނެސްދޭ އަދި ކާފޫރުތޮޅިއާއި ރޯސްވުޑްއާ އެކު ހިމެނޭ، ވަސް އިތުރަށް ފުރިހަމަކޮށްދޭ ކަމެކެވެ. ޓޮންކާ ބީންސްއާއި އެމްބާގެ ސަބަބުން އޫޑް ވުޑް ޕާފިއުމް އިން މީހާއަށް އަބަދުވެސް އަރާމު އިހްސާސްތައް ކުރުވަ އެވެ.