ކްރޮސްރޯޑްސް މޯލްޑިވްސްގެ އެކި ރެސްޓޯރަންޓްތަކުން ރޯދަ މަހަށް ހާއްސަ އިފްތާރް ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
އެ ގޮތުން ސައި ލެގޫން މޯލްޑިވްސްގެ ބީޗް ކްލަބް، ހާޑް ރޮކް ކެފޭ މޯލްޑިވްސް އަދި ކަޅުއޮޑި ރެސްޓޯރަންޓުން ވަނީ ދިވެހިންނަށް ކަމުދާނެ ތަފާތު އެކި ރަހަތައް ހިމެނޭ އިފްތާރު ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ.
ސައި ބީޗް ކްލަބް
އާއިލާއާއެކު ހިތްގައިމު މާހައުލެއްގައި ރޯދަ ވީއްލުމަށް ސައި ލެގޫންސް މޯލްޑިވްސް އިން ހަފުތާގެ އެކި ދުވަސްތަކަށް ވަނީ އެކި ވެރައިޓީތައް އިފްތާރް މެނޫގައި ހިމަނާފަ އެވެ.
މިއާއެކު ރޯދަ ވީއްލާ ގަޑިއަށް ރިފްރެޝް ބެވަރޭޖްސް އާއި ހެދިކާގެ އިތުރުން ޑެޒާޓް ލިބޭނެ އެވެ.
ހާޑް ރޮކް ކެފޭ މޯލްޑިވްސް
ކްރޮސްރޯޑްސް މޯލްޑިވްސްގެ ހާޑް ރޮކް ކެފޭ މޯލްޑިވްސްގެ ރޯދަ ހިމެނެނީ 3-ކޯސް މެނޫއެކެވެ.
މީގެ ތެރޭގައި މެސީ ބާގާ، އިމްޕޮސިބަލް ބާގާ އާއި ގްރިލްޑް ޗިކަން ސޭންޑްވިޗްގެ އިތުރުން ޓްވިސްޓެޑް މެކް، ޗީޒް އެންޑް ޗީޒް އާއި ސައުތުވެސްޓާން ޗިކަން ބޯލް، ބާބަކިޔު ޕުލްޑް ލޭމްބް އަދި ޓުޕެލޯ ޗިކަން ޓްރެންޑާސް ހިމެނެ އެވެ.
މީގެ އިތުރުން ބްރައުނީ އާއި ބެވަރޭޖްގެ ގޮތުގައި ޖޫސް، ކޮފީ ނުވަތަ ސައި ހިޔާރުކުރެވޭނެ އެވެ.
ކަޅުއޮޑި ރެސްޓޯރަންޓް
ކަޅުއޮޑި ރެސްޓޯރަންޓްގެ އިފްތާރް މެނޫގައި ހިމެނޭ ދިވެހި ރަހަތަކުގެ ތެރޭގައި ފިހުނު މަހާއި ގްރިލްޑް ކުޅި ބޯވަ ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން ކަނޑުކުކުޅާއި ވަޅޯމަސް އަގްލި އޯ އޯލިއޯ ލިބޭނެ އެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ކަޅުއޮޑި ރެސްޓޯރަންޓްގެ އިފްތާރް މެނޫ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.
ކްރޮސްރޯޑްސްގައި ހިންގާ މިނިސްޓްރީ އޮފް ކްރެބް ރެސްޓޯރަންޓާއި ކާނެ ޑެއިމް ގްރިލް އަދި ނިހޮންބަށި ބްލޫ ރެސްޓޯރަންޓްގެ މެނޫތަކުން ރޯދަ ވިއްލާ ގަޑީގައި 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.
ރޯދަ ވީއްލަން ކްރޮސްރޯޑްސްއަށް ދާން ބޭނުންވާ މީހުންނަށް ދޯނީގައި ހިލޭ ދަތުރުކުރެވޭނެ އެވެ. އަދި މީހަކަށް 385 ރުފިޔާއަށް ލޯންޗުގައި ކްރޮސްރޯޑްސްއަށް ގޮސް އެނބުރި އާދެވޭއިރު ލޯންޗް ބުކްކުރެވޭނީ މަދުވެގެން 10 މީހުންނަށެވެ.
ކްރޮސްރޯޑްސްއަށް ދާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ދަތުރު ބުކްކުރެވޭނެ އެވެ.
https://app.crossroadsmaldives.com/
ކްރޮސްރޯޑްސްއަކީ މާލެއިން ބޭރުގައި އާއިލާ އާއި ރައްޓެހިންނާއެކު ހިތްފަސޭހަ ތަނެއްގައި ރޯދަ ވީއްލޭނެ އެއް ތަނެވެ.
ރޯދަ ވީއްލަން ކްރޮސްރޯޑްސްއަށް ދާން ބޭނުންވާ މީހުން ބުކިން ހެދުމަށް އަދި އިތުރު މައުލޫމާތު ކްރޮސްރޯޑްސް މޯލްޑިވްސްގެ ހޮޓްލައިން 6651200 ނުވަތަ 7307000 އަށް ގުޅުމުން ލިބޭނެ އެވެ. އަދި 7307000 އަށް ވައިބާ ނުވަތަ ވަޓްސްއެޕް ކޮށްގެން ބުކް ކުރެވޭނެ އެވެ.
ކްރޮސްރޯޑްސްއާ ބެހޭ އިތުރު މައުލޫމާތު ކްރޮސްރޯޑްސްގެ ވެބްސައިޓުން ލިބޭނެ އެވެ.