އުރީދޫ

އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދައްކާލާ

0%
0%
0%

އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފިތުރު ޒަކާތް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދައްކާލެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އުރީދޫ އިން ބުނީ ގޭގައި ތިބެގެން ފޯނުން ފަސޭހަކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެ ކަމަށެވެ.

އެ ގޮތުން އެމް-ފައިސާ ލޮގިންވެގެން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާނެ ގޮތް

  • އެމް-ފައިސާއަށް ލޮގިންވުން
  • ޒަކާތުގެ ބާވަތާއި އަދަދު އިހުތިޔާރުކުރުން
  • ތަފުސީލުތައް ފުރިހަމަކުރުން
  • ޕޭމަންޓް މެތަޑްގެ ގޮތުގައި އެމް-ފައިސާ އިހުތިޔާރުކޮށް ވޮލެޓް ނަންބަރު ޖެހުން
  • ޕޭމަންޓް ކަށަވަރު ކުރުމަށް އޯޓީޕީ ވެރިފައި ކުރުން

އެމް-ފައިސާ މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން ދަނީ ކޮންމެ ދުވަހަކު ކުރާ ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކޮށްދީ ޑިޖިޓަލް ހިދުމަތްތަކަކަށް މުޖުތަމައުތައް ބާރުވެރި ކުރުވަމުންނެވެ. މިއީ ޑިޖިޓަލް މޯލްޑިވްސްގެ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ޒަރޫރީ މާލީ ހިދުމަތްތައް އެންމެންނަށްވެސް ލިބެން ހުންނާނެކަން ކަށަވަރު ކުރުން ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

ރާއްޖޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓެއް ކަމަށްވާ އެމް-ފައިސާ އަކީ މަނީ ޓްރާންސްފާ، ޔުޓިލިޓީ ބިލް ޕޭމަންޓް އަދި މާޗަންޓް ޓްރާންސެކްޝަން ފަދަ މާލީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ވޮލެޓެކެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެމް-ފައިސާ ޒިޔާރަތްކޮށްލާށެވެ. ނުވަތަ އެމް-ފައިސާ ޑައުންލޯޑް ކޮށްލާށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345