ހަބަރު

އެމް ފައިސާއިން ޒަކާތް ދެއްކޭނެ

May 16, 2020
މީހަކު ފިތުރު ޒަކާތް ދައްކަނީ: މިހާރު އެމްފައިސާއިން ޒަކާތް ދެއްކޭނެ -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

މި އަަހަރު ވެސް އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތް ހަމަޖައްސައި އުރީދޫން އެކަން އިއުނާކޮށްފި އެވެ.

އުރީދޫން ބުނީ ކޮވިޑް 19 އާއި ގުޅިގެން މިހާރު ރާއްޖޭގައި އޮތް ލޮކްޑައުންގެ ދުވަސްވަރުގައި ރައްކާތެރި ކަމާއެކު ގޭގައި ތިބެ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ކުރަން ކަސްޓަމަރުންގެ ކިބައިން އިލްތިމާސް ކުރާ ކަމަށާއި އެ ގޮތަށް އެމްފައިސާ މެދުވެރިކޮށް މިއަހަރު ވެސް ފިތުރު ޒަކާތް މިހާރު ދެއްކޭނެ ކަމަށެވެ.

އެމްފައިސާއިން ޒަކާތް ދެއްކުމަށް

  • އެމްފައިސާއަށް ލޮގިން ވުން
  • ސާވިސަސް އިން 'ފިތުރު ޒަކާތް' ނެގުން
  • ބޭނުންވާ ބާވަތް އިހްތިޔާރުކުރުން
  • މައުލޫމާތު ފުރިހަމަ ކުރުމަށްފަހު، ކޮންފާމް ކުރުން

އުރީދޫ އިން ބުނީ އެމްފައިސާ މެދުވެރިކޮށް މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 6.00 އާއި ހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ.

ރާއްޖޭގެ ޒަކާތުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ޒަކާތް ނެރެން ޖެހޭ ގޮތުގެ ތަފްސީލް ދަނީ އާންމު ކުރަމުންނެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮވާމުގެ އަގު

  • އާދައިގެ ހަނޑޫ - 15 ރުފިޔާ
  • ތައިލެންޑު ހަނޑޫ - 48 ރުފިޔާ
  • ބާސްމަތީ ހަނޑޫ - 105 ރުފިޔާ
  • ރަތް ހަނޑޫ - 65 ރުފިޔާ
  • އާދައިގެ ފުށް - 12 ރުފިޔާ
  • އާޓާ ފުށް - 55 ރުފިޔާ
Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345