ދިރާގު "ގުޑި ފެސްޓް" މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.
ދިރާގުން ބުނި ގޮތުގައި މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 5:00 އިން 6:00 އަށް މާލޭ އުސްފަސްގަނޑުގަ އެވެ.
ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް ގުޑިއެއް ހިލޭ ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.
ގުޑި ފެސްޓްއަކީ ރޯދަމަހު ދިވެހިންގެ މެދުގައި ޒަމާންވީ ސަގާފީ އާދަކާދައެއްގެ ގޮތުގައި އޮތް ގުޑި އެރުވުމުގެ ހަރަކާތަށް ކުޑަކުދިން އަހުލުވެރިކޮށް އެ ސަގާފަތް ދިރުވުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.