ދިރާގު

ކަރާ ފަޅައިގެން ދިރާގު ކަސްޓަމަރުންނަށް ސްވިޒަލޭންޑް ޗުއްޓީ ދަތުރެއް

0%
0%
0%

ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގު އެޕްއިން ކަރާ ފަޅައިގެން ސްވިޓްޒަލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މިއީ ސްވިޓްޒަލޭންޑުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތެއްކަން ފާހަގަކޮށް ދިރާގުން ބުނީ މި އަގުހުރި އިނާމުގެ ނަސީބުވެރި ފަރާތައް ހޮވޭ ކަސްޓަމަރަށް ސްވިޓްޒަލޭންޑަށް ދިއުމަށް ދެ މީހުންގެ ދެކޮޅު ޓިކެޓާއި 5 ރޭގެ ހުރުން ލިބޭނެ ކަމަށެވެ.

ދިރާގުން މި ދޭ ހާއްސަ އިނާމު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ދިރާގު އެޕްގައިވާ "ރަމަޟާން އޮފާސް" ބެނާއަށް ފިއްތާލުމުން ފެންނަ އެ ދުވަހަކަށް ހާއްސަ ކަރާ ފަޅާލަންޖެހެ އެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު ދިރާގު އެޕްއިން ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު، އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވައިލައިފަ އެވެ.

މި އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަންގް އެސް 25 ފޯން އަދި 1 ޓީބީ ހިލޭ ޑޭޓާ ހިމެނެ އެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345