ލައިފްސްޓައިލް

އެންމެން ކައިގެން ތިބިތޯ މިބަލަނީ ކޮންބައެއް؟

ގޭގޭގައި ރޯދާވީއްލާ ތަކެތި ބާކީވުމުން އުކާލުމުގެ ބަދަލުގައި ޑޮނޭޓް ކުރުވޭ ގޮތް "އެންމެން ކައިގެން" މޫވްމަންޓް އިން
80%
13.3%
6.7%

ވަރަށް ފަސޭހަ ކަމެކެވެ. ކޮންމެ މީހަކަށް ވެސް ފާޑެއް ކިއިދާނެއެވެ އަދި ގޮތް ވެސް ކިއި ދާނެއެވެ. އެވެސް ވަރަށް ފަސޭހަ ކަމެކެވެ؛ އެކަމަކު ކަމެއް ބަދަލު ކުރަން މަސައްކަތް ކުރަނީ ވަރަށް މަދު ބަޔެކެވެ. އަދި އެއީ ވަރަށް އުނދަގޫ ކަމަކަށް ވެސް ވެއެވެ. އެފަދަ މީހުންނަކީ ތަފާތު ދައްކާ މީހުނެވެ. މަސައްކަތުން ކަންކަން ބަދަލު ކުރާ މީހުނެވެ. އެކި މައްސަލަތައް ހައްލެއް ހޯދައިދޭން މަސައްކަތް ކުރާ ޒުވާނުން އުޅެ އެވެ. އެއީ ފަހުރުވެރި ބައެކެވެ.

ކަމެއް ބަދަލުކޮށްލާން މި ރޯދަމަހުގެ ތެރޭ ކެމްޕޭނެއް ފެށި ދެ ޒުވާނުންނަކީ ޝައްމާ އަބްދުލް ގައްޔޫމާއި އިސްމާއިލް ޝިހާބެވެ. އޭގެ ދެވެރިން ފެށީ "އެންމެން ކައިގެން" ތިބޭ ކެމްޕޭނެކެވެ. ދެ ޒުވާނުން އިސް ނަގައިގެން ފެށި ހަރަކާތް ކުރިއަށް ގެންދާ ބޭނުމަކީ ގޭގައި އިތުރުވެ އިސްރަފުވާންދާ ރަނގަޅު ކާނާ ޑަސްޓްބިނަށް އަޅައިލުމުގެ ބަދަލުގައި ކާނެއް އެއްޗެއް ނެތް މީހުނަށް އެތަކެތި ފޯރުކޮށްދިނުމެވެ. ކިހާ ރަނގަޅު ނިޔަތެއް ހެއްޔެވެ؟

ޝައްމަ އަބްދުލްގައްޔޫމް "އެންމެން ކައިގެން" މޫވްމަންޓްގެ ފައުންޑާ

ޝައްމާ ބުނި ގޮތުގައި އޭނާއަށް ހިޔާލެއް އައީ ގޭ އެންމެން ކައި ނިމިގެން ބާކީ މާ ގިނައިން ރޮށި ހުރުމުން އެ އުކާލުމުގެ ބަދަލުގައި ބޭނުންވާނެ މީހަކަށް ފޯރުކޮށްދޭން އޭނާ ބޭނުން ވެގެނެވެ. އެކަން ކުރަން ބެލި އިރު އެފަދަ ޕްލެޓްފޯމެއް ނެތިގެނެވެ.

ދެން ހިޔާލަށް އައީ މިފަދަ ކަމެއް ކުރާށެވެ. އޭގެ ބޭނުމަކަށްވީ ހައިހޫނުކަމުގައި ހުރި އެހެން މީހަކަށް ކާއެއްޗެއް ދިނުމެވެ. ނަމަވެސް، ދޭނެ ވަކި ޕްލެޓްފޯމެއް ނެތީ އެވެ. އެފަދަ ޕްލެޓްފޯމެއް ހަދައިފިއްޔާ އެހެން ގޭބިސީ ތަކުގައި ރޯދަވީއްލުމަށް ފަހު އިތުރުވާ ކާބޯތަކެތި އެހެން މީހަކުގެ ހާރަށް ދޭން ބޭނުންވެފައި ބަޔަކު ތިބެ، އެކަން ކޮށްލެވޭނެ އެވެ. އޭރަށް އިސްރާފު ނެތުނީ އެވެ. އަދި ސޮދަގާތެއް ކުރެވުނީ އެވެ.

ކުޑަކުއްޖަކު ކާބޯތަކެތި ޑޮނޭޓް ކުރަނީ -- ފޮޓޯ: އެއްމެންކައިގެން

"އެންމެންކައިގެން" މޫވްމަންޓެއް އުފަންވީ އެހިސާބުންނެވެ. ދެން ސޯޝަލް މީޑިއާގައި އިސްތިހާރުވީ އެ މޫވްމަންޓްގެ މައުލޫމާތެވެ. ކޮންމެ މީހަކަށްވެސް ގޭގައި އިތުރުވާ ބައި، ރީތިކޮށް ބަންދު ކޮށްލައިގެން ހެންވޭރު ދަނޑު ކުރިމަތީގައި ހުންނަ ޔޫތު ސެންޓަރު، ހ. މުނިއުފާއަށް ގެންގޮސް ހަވާލު ކުރަންވީ އެވެ.

މި މޫވްމަންޓާ ގުޅޭގޮތުން ކޯފައުންޑާ އިސްމާއިލް ބުނި ގޮތުގައި "އެއްމެން ކައިގެން" ނަމުގައި އައި މި މޫވްމަންޓްގެ މަގްސަދަކީ މި ރޯދަމަހު ކާނެ ބޯނެ އެއްޗެއް ނުލިބިފައިވާ ވީހާވެސް ގިނަ މީހުނަށް ކާބޯތަކެތި ފޯރުކޮށްދިނުމެވެ.

ހ.މުނިއުފާގައި މީހަކު ކާބޯތަކެތި ބަލާގޮސް ފޮޓޯ: އެއްމެންކައިގެން

މިސްކިތްތަކުން ރޯދަވީއްުލުނު ކަމުގައިވި ޔަސް ހާރު ކާނެ އެއްޗެއް ނެތި ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެކެވެ.

"ސޯޝަލް މީޑީއާގައި މި ކެމްޕެއިނަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ކާބޯތަކެތި ޑްރޮޕް ކުރުމަށް އިތުރު ޕޮއިންޓްތަކެއް ޑިމާންޑް އޮތް ވަރަކުން ހެދުމުގެ ވިސްނުން އެބަހުރި" ކަމުގައި އިސްމާއިލް ބުންޏެވެ.

އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި، ކާން ނުލިބިފައި ތިބި ކޮންމެ މީހަކަށް މި ތަކެތި ފޯރުކޮށްދިނުމުގައި މި މޫވްމަންޓުން މަސައްކަތް ކުރާނެއެ ވެ. ކޮންމެ ރެއަކު 9:00 އިން 12:00 އަށް ޑްރޮޕްއޯފް ޕޮއިންޓް ހުޅުވާލައި ހުރެ އެވެ.

ހ. މުނިއުފާގައި "އެންމެން ކައިގެން" ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން

"ރޭގަައި މި މަސައްކަތް ފެށި އިރު ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ވަރަށް ގިނަ މީހުން ކާބޯތަކެތެ ޑޮނޭޓް ކުރި. އަދި ހަމަ އެއާއިއެކު 100 އަށް ވުރެ ގިނަ މީހުންއަށް ކާބޯތަކެތި ވަނީ ފޯރުކޮށްދެވިފައި. ބައެއް ފަރާތްތަކުން ހުޅުމާލެ އިންވެސް އައިސް ޑޮނޭޓް ކޮށްފައިވޭ. އަދި ބައެއް މީހުން ކުޑަކުދިން ގޮވައިގެން އައިސް ވެސް ކާބޯތަކެތި ހަވާލު ކޮށްފައިވޭ"

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙުއް

ސޮދަގާތަށްވެސް ތިކުރަނީ ކައިފަ ބާކީވާ އެއްޗެހި. އެވެސް ޑަސްބިނަށް ނުލަންވެގެން. ނިކަމެތި ފަގީރު މީހާ ހާދަ ދަށެކޭ ތި ކޮށްލަނީ. ގައިމު ކީއްތަވާނީ ކައްކާފަ އެ ތާޒާ ކަންމަތީ ހުއްޓާ ސަދަގަތް ކުރިއްޔާ.. ރޯދަވީއްލާ ނިމިގެން ބާކީވާ އެއްޗެހި ބަހާއިރު ހުންނަނީ ރޭގަނޑު 7 ނޫނީ 8 ޖަހާފަ. ާާާާާާެ އެ ކައްކަނީ މެންދުރު.. އެހާ ގިނައިރު ކޮށްފަ މީހުން ހާރަށް އެ ތަކެތި ތިދެނީ... ތި ކޮން ނިޔަތަކު ސޮދަގާތް ކުރާ ބައެއް

މަޒް

ބާކީވާ އެއްޗެއް ބެހުމަކީ މައްސަލައެއްތަ؟ ބަލަ ނިކަމެތި ހާލުގައި އުޅެ މީހުންވެސް ކައިފަ ބާކީވާ އެއްޗެހި އެއަށްވުރެން ނިކަމެތިންނަށް ދެވި ދާނެ.. ވިސްނުމުގައި ތިހިރީ ދަބަރު ޖަހާފަ

މަ

ފާޑު ކިޔާއިރު ، ކަލޭ ތާޒާ ކޮށް އެއްޗެހި ހަދާފަ ޞޮދަގާތް ކޮށްބަލަ

ރަަަަމީ

ބަރަކާތް ލައްވާށި! ާާާާާާަާާާާާާަާާާާާާަާާާާާާާާާާާާަާާާާާާަާާާާާާަާާާާާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345