ކާނާ

އަތަ: ކޮންމެ ދުވަހަކު ކެއުމަށްވެސް ރަނގަޅު

Mar 19, 2025
އަތަ
0%
0%
0%

އަތަ އަކީ ސިއްހަތަށް ފައިދާ ހުރި މީރު ފޮނި މޭވާ އެކެވެ. އަތައިގެ ފައިދާ ބޮޑުވަނީ އޭގައި އެކުލެވޭ ސިއްހަތަށް ފައިދާ ހުރި މާއްދާ ތަކުގެ ސަބަބުންނެވެ.

އަތައިގެ އާންމު ބާވަތްތައް ރާއްޖޭގައިވެސް ހައްދާ އުޅެ އެވެ. ހަމައެހެންމެ ބާޒާރުގައި އަތައިގެ ބާވަތްތައް ގަންނަންވެސް ފަސޭހައިން ލިބެ އެވެ.

އަތައިގައި އެކުލެވޭ ހާއްސަ މާއްދާތަކުގެ ތެރޭގައި ވިޓަމިންސް އާއި މިނަރަލްސް އަދި އަޔަން އާއި އެންޓިއޮކްސިޑަންޓްގެ އިތުރުން ކިތަންމެ ފައިދާހުރި މާއްދާތަކެއް އެކުލެވިގެންވެ އެވެ.

އަތައިން ހަށިގަނޑަށް ލިބިދޭ ފައިދާތަކުގެ ތެރޭގައި ދިފާއީ ނިޒާމުގެ ބާރު ދެމެހެއްޓުމާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ދިފާއުކޮށްދިނުމާއި ހަށިގަނޑުގެ ހަމާއި އިސްތަށީގެ ދުޅަހެޔޮކަން ގެނެސްދިނުން ހިމެނެ އެވެ.

މާބަނޑު މީހުންނަށްވެސް ދަރިފުޅު ހެދިބޮޑުވުމަށް މުހިއްމު މާއްދާތަކެއް އަތައިގައި ހިމެނޭތީ މިއީ ކެއެމުގައި ބޭނުންކުރުމަށް ރަނގަޅު މޭވާ އެކެވެ.

މީގެ އިތުރުން މި މޭވާ އަކީ ހަށިގަނޑަށް އެތައް ފައިދާ ހުރި މޭވާއެއް ކަމުން ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ހަމަ ކޮންމެ މީހަކުވެސް ކެއުމުގައި އަތަ އެކަށީގެންވާ މިންވަރަކަށް ބޭނުން ކުރުމަކީ ސިއްހަތަށް ފައިދާ ކުރާނެ ކަމެކެވެ. އަތަ ހުހަށްވެސް ކެވިދާނެ އެވެ. އަދި އަތަ އެންމެ އާންމުކޮށް ބޭނުން ކުރެވެނީ ތާޒާ ފަނީގެ ގޮތުގައި އަތަ ގިރައިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910