ކާނާ

އަލަނާސި ފޮނިރަހައިގެ މީރު މީރު މޭވާ

އަލަނާސި އަކީ އޭގައި ހަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާ ހުރި މާއްދާތައް އެކުލެވޭ ހެޔޮވަރު ވަރަކަށް ފޮނިރަހަ ހުންނަ މޭވާ އެކެވެ.

އަލަނާސީގައި އެންޓިއޮކްސިޑަންޓްސް އާއި އެންޒައިމްތައް ގިނަ މިންވަރަކަށް އެކުލެވިގެންވާތީ އެއީ ބަލިތަކުން ރައްކާތެރިކަން ލިބުމަށް މަގުފަހިކުރާނެ ކަމަކެވެ.

ހަށިގަނޑުގެ ހަޖަމުގެ ނިޒާމާއި ދިފާއީ ނިޒާމަށް އަލަނާސިން ކުރާ ފައިދާ ގިނަ އެވެ. އަދި ސާޖަރީއަކަށްފަހު އަވަހަށް ރަނގަޅުވުމަށްވެސް އަލަނާސިން އެހީތެރިވެދެ އެވެ.

އަލަނާސީގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ، ފޮސްފޮރަސް، ޒިންކް ކެލްސިއަމް، ވިޓަމިން އޭ، ވިޓަމިން ކޭ އަދި މެންގަނީޒް ހިމެނެ އެވެ. ވިޓަމިން ސީ އިން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭއިރު އެއިން ދަގަނޑުގެ ބައިތައް ލިބުމަށާއި ހަށިގަނޑު ހެދިބޮޑުވުމަށް ބާރުލިބިގެންދެ އެވެ.

އަލަނާސީގައި އެންޓިއޮކްސިޑަންޓްސް ގިނަ މިންވަރަކަށް އެކުލެވޭތީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ހަށިގަނޑަށް ފައިދާ ލިބިގެންދާނެ އެވެ. އަދި އަލަނާސީގައި އެކުލެވޭ ކޮޕަރ، ތަޔަމިން އަދި ވިޓަމިން ބީ ހައެއްގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް މަގުފަހިވެގެންދާނެ އެވެ.

ފަނި ގިރާއިރު އަލަނާސި، އެންމެ ހިމުންކުރަން ދަތިނަމަވެސް ވީހާވެސް ބޮޑަކަށް ހިމުންކުރެވޭތޯ ބަލަންވާނެ އެވެ. އޭގެ ކުދި އެތިކޮޅުކޮޅު ކަރުގައި ޖެހުމުން ނާޒުކު ސެލްތައް ފަސޭހައިން ކަނޑައިގެންދާނެ އެވެ. އަދި ވަރަށް ދޮން އަލަނާސި ނޫނީ ހުހަށް ކެއުމަކީވެސް ބައެއްފަހަރަށް އެއިގެ ތޫނުކަން ބައެއް މީހުންގެ ކަރުތެރެއަށް އިހުސާސް ކުރުވާ މޭވާ އެކެވެ.

މިދެންނެވި ކަންކަމަށް ސަމާލުކަން ދީ ހެޔޮވަރު މިންވަރަކަށް އަލަނާސި ކެއުން އެއީ ދުޅަހެޔޮ ސިއްހަތަކަށް ކިތަންމެހާވެސް ފައިދާހުރި ރަނގަޅު ގޮތެކެވެ.