ލައިފްސްޓައިލް

ކުއްޅަފިލާ ފަތް: ކޮންމެ ދުވަހަކުވެސް ކެއުމަށް ރަނގަޅު

ކުއްޅަފިލާ ފަތް
0%
0%
0%

ކުއްޅަފިލާ ފަތަކީ ދިވެހިން ވަރަށް ކުރިއްސުރެންވެސް ކެއުމުގައި ބޭނުން ކުރަމުން އަންނަ ބާވަތެއްގެ ފަތެކެވެ. ދިވެހިން އާންމުކޮށް ކުއްޅަފިލާ ފަތް ކައިއުޅެނީ ސަޓަނީގެ ގޮތުގައި އާއި މޮޑެގެންނެވެ.

ކުއްޅަފިލާ ފަތަކީ އެހެން ފެހި ފަތްތަކެކޭ އެއްފަދައިން ވިޓަމިން ކޭ ގިނަ އަދަދަކަށް އެކުލެވޭ ފަތެކެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ތަފާތު ބާވަތްތައް ލިބެ އެވެ. މީގެތެރޭގައި ހަށިގަނޑުގެ ކަށިތައް ބަލިކަށިވުމުން ދުރުކޮށްދިނުމާއި އަދި ބައެއް ޒާތުގެ ބަލިތަކުން ދުޅަވާ ދުޅަވުމުން ރައްކާތެރިކަން ލިބިދެ އެވެ.

ކުއްޅަފިލާ ފަތަކީވެސް އެންޓިއޮކްސިޑަންޓްސް ގިނައިން އެކުލެވޭ ފަތެއް ކަމުން ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިކަން ލިބިގެންދެ އެވެ. އެކަށީގެންވާ މިންވަރަކަށް ހަފްތާއެއްގެ ތެރޭގައި ކެއުމުގައި ކުއްޅަފިލާ ފަތް ބޭނުން ކުރުމުން ބަނޑުގެއާއި މޭމަތީގެ އަދި ހަމުގެ ކެންސަރުން ރައްކާތެރިވުމަށް މަގުފަހިވެގެންދެ އެވެ. ހަމައެހެންމެ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެވެސްމެ އެވެ.

ކުއްޅަފިލާފަތަކީ ކެލޮރީ މިންވަރު ދަށް އަދި ކާބޯހައިޑްރޭޓްސް ދަށް ފަތެއްކަމުން ހަށިގަނޑު ލުއިކޮށް ބެހެއްޓުމަށް އަދި ކެއުމުގައި ފެހިކަން ހިމެނުމަށް އެއީ އެންމެ އެކަށޭނަ އެއް ފަތެވެ.

މި ފަތުގައި އެކުލެވޭ ފައިބާގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅަށް ހިނގައިގަތުމަށާއި ހަކުރުބަލި ތަހައްމަލު ކުރާ މީހުންނަށް ލުއިތަކެއް އިހްސާސްކޮށްދޭނެ އެވެ. އެހެންކަމުން ކުއްޅަފިލާފަތުން ލިބޭ ވިޓަމިންސާއި މިނަރަލްސް އަދި ފައިބާގެ ސަބަބުން ހެޔޮވަރު ކެއުމަކަށް ފުއްދާލަން އެންމެ ރަނގަޅު އެއް ފެހި ކެއުމެއް ތައްޔާރުކޮށްލަން މިއީ އެންމެ ސަޅި އެއް ފަތެވެ.

ސަޓަނި ނުވަތަ މަހާ އެއްކޮށްލައިގެން ނުވަތަ ސޫޕް ތައްޔާރުކުރުމުގައި އަދި ހަމަ ތެލުލައިގެން ނުވަތަ ސްޓީމްކޮށް ބިސްގަނޑުފަދަ ތަކެތީގައި ބޭނުންކުރަން ވެސް ކުއްޅަފިލާ ފަތަކީ އެންމެ ރަނގަޅު ފަތެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910