ކާނާ

ރަނގަޅު ސިއްހަތެއްގައި ހުރުމަށް މޭބިސްކަދުރު

ތަފާތު ވައްތަރުގެ މޭބިސްކަދުރު
0%
0%
0%

މޭބިސްކަދުރަކީ އޭގައި އެކުލެވޭ މީރުރަހައާއެކު ހަށިގަނޑަށް އެތައް ފައިދާ ހުރި މާއްދާތައް ހިމެނޭ އެންމެ މީރު އެއް މޭވާ އެވެ.

ވިޓަމިން ސީ އެންމެ ގިނައިން ލިބޭނީ އޮރެންޖުންނޭ ހިތައް ގެނެވުނަސް މޭބިސްކަދުރަކީވެސް އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނޭ މޭވާ އެކެވެ. އެހެންކަމުން މޭބިސްކަދުރަކީވެސް ވިޓަމިން ސީ ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދޭނެ އެހާމެ ހިތްގައިމު ރަހަ މީރު މޭވާ އެކެވެ.

މީގެ އިތުރުން މޭބިސްކަދުރުގައި އެކުލެވޭ އެންޓިއޮކްސިޑަންޓްސް އާއި ވިޓަމިން ކޭ އަދި ޕޮޓޭސިއަމްގެ ސަބަބުން އެއީ ހަމަ އެހާމެ ހަށިގަނޑަށް ފައިދާ ހުރި މޭވާ އެކެވެ.

މޭބިސްކަދުރުން އެންމެ އާންމުކޮށް ސިއްހަތަށް ލިބިދޭ ފައިދާތަކުގެ ތެރޭގައި ދިފާއީ ނިޒާމު ދެމެހެއްޓުމާއި ލޭގެ ޕްރެޝަރު ހިފެހެއްޓުމާއި ހިތުގެ ބަލިތަކުން ރައްކާތެރިކަން ލިބުމާއި އޭގައި އެކުލެވޭ ފައިބާގެ ސަބަބުން ކޮލެސްޓްރޯލް މިންވަރު ކޮންޓްރޯލް ކުރެވުމާއި ކެންސަރުފަދަ ބަލިތަކުން ދުރުކޮށްދިނުމާއި ސްޓްރެސް ލެވެލް ދަށް ކުރުން ހިމެނެ އެވެ. އަދި ހަށިގަނޑަށް އަރާމުކަން ލިބުމާއި ނިދަން ފަސޭހަވުމާއި އަދި ހަމައެހެންމެ ހަކުރުގެ މިންވަރު މައްޗަށް ދިއުން ކޮންޓްރޯލް ކުރެވޭތީ ޑައިބެޓިކް ފަރާތްތަކަށްވެސް އެކަށޭނަ މަދު މިންވަރަކަށް މޭބިސްކަދުރު ކެވިދާނެ އެވެ.

މޭބިސްކަދުރު ހުހަށްވެސް ކެވިދާނެ އެވެ. އަދި މޭބިސްކަދުރު ޖޫސްގެ ގޮތުގައިވެސް އަދި ކޭކް ފަދަ އެއްޗެހީގައި ބޭނުންކޮށްގެންވެސް ކެވިދާނެ އެވެ. މޭބިސްކަދުރުގެ ތަފާތު އެތައް ވައްތަރެއް ރާއްޖޭގައިވެސް މިއަދު ލިބެން އެބަހުއްޓެވެ. އެހެންކަމުން ފައިދާ އިންތިހާއަށް އޮތް މި މޭވާ ކެއުމުގައި ހިމެނޭތޯ ބެލުމަކީ ދުޅަހެޔޮ ސިއްހަތަކަށް ފައިދާ ކުރާނެ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910