ކާނާ

ޕެއާސް: ލުއި ޑައިޓަކަށް އެންމެ ރަނގަޅު

ޕެއާސް
0%
0%
0%

ޕެއާސް އަކީ ވެސް އޭގެ ގިނަ ވައްތަރުތަކެއް ރާއްޖޭގައި މިވަގުތު ލިބެން ހުރި ފައިބާ ގިނަ މޭވާ އެކެވެ.

ޕެއާސް ގައިވެސް އޭގައި ހިމެނޭ ވިޓަމިންސް އާއި އެންޓިއޮކްސިޑަންޓްސް އަދި މިނަރަލް ތަކާއި އެހެނިހެން މާއްދާތަކުން ހަށިގަނޑަށް އެހާމެ ގިނަ ފައިދާ ލިބިދެ އެވެ. އެއްގޮތަކަށްވެސް ފެޓްސް އަދި ކޮލެސްޓްރޯލް ނުހުންނަ ކެއުމަކަށް ޕެއާސް އެއީ އެންމެ ރަނގަޅު ލުއި ކެއުމެވެ.

ޕެއާސް އިން ހަށިގަނޑަށް ލިބިދޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ހަޖަމުގެ ނިޒާމު ރަނގަޅަށް ހިނގުމާއި އަދި ކެއުމަކަށްފަހު ޕެއާސް ކާލުމުން ބަނޑުފުރިގެންދާ ކަމުގެ އިހްސާސް ކުރެވި ކެއުމުގެ މިންވަރުމަދުކޮށްދޭނެތީ ހިތުގެ ބަލިތަކުންވެސް ދުރުކޮށްދެ އެވެ.

މީގެ އިތުރުން ގޮހޮރުގެ އެކި އުނދަގޫތަކަށް ޕެއާސްގެ ސަބަބުން ހައްލު ލިބިގެންދާނެ އެވެ. އަދި ޕެއާސްގައި ހިމެނޭ ފެނާއި އެހެނިހެން ވިޓަމިންސްތަކުން ހަށިގަނޑުގައި އެކުލެވޭ ވިހަތައް ބޭރުކުރުމާއި އަދި ހަށިގަނޑުގެ ސެލްތަކުގެ ރައްކާތެރިކަން ދަމަހައްޓައިދެ އެވެ.

ފައިބާ އާއި ފެން އަދި ވިޓަމިންސް ގިނަ ޕެއާސް އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކަށޭނަ ލުއި ޑައެޓަކަށް އެންމެ ރަނގަޅު އެއް މޭވާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910