ކާނާ

ލެޓިއުސް ފަތް: ފެހިކަމާއެކު ފައިދާ ގިނަ

ލެޓިއުސް ފަތް
0%
0%
0%

ލެޓިއުސް ފަތަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ފެހި ފަތެކެވެ. ލެޓިއުސްގެ ތަފާތު ގިނަ ވައްތަރުތަކެއް ރާއްޖޭގެ ބާޒާރުގައިވެސް އާންމު ގޮތެއްގައި ލިބެން ހުރެ އެވެ.

ލެޓިއުސް ފަތް އާންމު ގޮތެއްގައި ރާއްޖޭގައި ބޭނުންކޮށް އުޅެނީ ސަޓަނި ހެދުމުގައާއި އެކި ވައްތަރުތަކުގެ ބާގާ އަދި ސޭންޑްވިޗް ފަދަ ތަކެތި ހެދުމަށެވެ. ހަމައެހެންމެ ސޫޕް ހަދައިގެން ނުވަތަ ކެއެމުގައި ހުހަށްވެސް ބޭނުންކޮށް އުޅެ އެވެ.

ލެޓިއުސް އަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް، ފައިބާ، ކެލްސިއަމް، އަޔަން އަދި ޕޮޓޭސިއަމް އެކުލެވޭ ފަތެކެވެ. މީގެ އިތުރުން އެހެނިހެން ވިޓަމިންސް އަދި މިނަރަލްސްގެ އިތުރުން ގިނަ އަދަދަކަށް ފެން އެކުލެވޭ ފަތެކެވެ.

އެހެންކަމުން ލެޓިއުސް އިން ލިބިގެންދާ ފައިދާތަކުގެ ތެރޭގައި ކެންސަރު ފަދަ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމާއި، ހިތުގެ މައްސަލަތަކުން ދުރުކުރުމާއި، ބަނޑުހިކުމުން ރައްކާތެރިކޮށްދިނުމާއި، ކަށީގެ ދުޅަހެޔޮކަމާއި، ލޮލުގެ ތާޒާކަން ލިބުމާއި އަދި ރޯނގާ ކެއްސުން ފަދަ ކަންކަމުން ދުރުހެލިކޮށްދެ އެވެ.

ލެޓިއުސްގައި ފެން އެކުލެވޭ މިންވަރު މަތިވެފައި ދަގަނޑުގެ މާއްދާ ހިމެނޭތީ މިއީ މާބަނޑު ފަރާތްތަކަށްވެސް ބޭނުންކުރަން ނުހަނު ރަނގަޅު ފެހި ފަތެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910