މޯލްޑިވް ގޭސް

މޯލްޑިވްގޭހުން ޕްރޮމޯޝަންތަކެއް ފަށައިފި

Apr 14, 2021
2

ގޭހުގެ ވިޔަފާރި ކުރާ ސަރުކާރު ކުންފުނި، މޯލްޑިވް ގޭހުން، ރޯދަ އާއި ދިމާކޮށް ޕްރޮމޯޝަންތަކެއް ފަށައިފި އެވެ. ގޭހުގެ ޕްރޮމޯޝަންތައް ކުރިއަށް ގެންދާނީ ހަ ރޯދައިގެ ދުވަހުގެ ނިޔަލަށެވެ. އެއީ މެއި މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.

މޯލްޑިވް ގޭހުން ތިން ޕްރޮމޯޝަނެއް ހިންގާނެ އެވެ. އޭގެ ތެރެއިން އެއް ޕްރޮމޯޝަނުގައި މޯލްޑިވް ގޭހުގައި އަލަށް ރަޖިސްޓްރީވާ ފަރާތް ތަކަށް ގޭސް ފުޅި ހިލޭ ދޭނެ އެވެ. އެ ފަރާތްތައް ހަމައެކަނި ދައްކަން ޖެހޭނީ ރިފިލް ކުރަން ނަގާ 200ރ. އެވެ.

ހިލޭ ގޭސް ފުޅި ލިބޭ ޕްރޮމޯޝަނުގެ އިތުރުން ފައިސާގެ އިނާމު ލިބޭ އިތުރު ދެ ޕްރޮމޯޝަން ކުރިޔަށް ގެންދެ އެވެ. ފައިސާގެ އިނާމު ލިބޭ ފުރަތަމަ ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 1000ރ. ދޭނެ އެވެ.

ދެވަނަ ޕްރޮމޯޝަނުގައި ގުރުއަތު ނަގާނީ ހަ ރޯދައަށް ފަހު އެވެ. އެ ގުރުއަތުގައި އެއްވަނައަށް ހޮވޭ މީހަކމަށް 10،000ރ ދޭނެ އެވެ. ދެވަނައަށް 8،000ރ. ދެ އެވެ. ތިން ވަނައަށް ހޮވޭ މީހާއަށް 5000ރ. އެވެ.