ހަބަރު

100،000ރ. ގެ އިނާމާއެކު ރެޑްވޭވް ރޯދަސޭލް ފަށައިފި

އިނާމުތަކާއި އެކު ރެޑްވޭވުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ރޯދަ ސޭލްގެ މި އަހަރުގެ ސޭލް ފަށައިފި އެވެ.

އަންނަ ރޯދަމަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އެއްވަނަ ފަރާތަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ދެ އެވެ. އެ އިނާމުގެ އިތުރުން އިތުރު ފަސް ނަސީބު ވެރިޔަކަށް 10،000ރ. ގެ ފައިސާގެ އިނާމު ދެއެވެ.

"... މީގެ އިތުރުންވެސް ސޯފާ ސެޓާއި އިލެކްޓްރޯނިކްސްގެ އިތުރުން އަގު ހުރި އެތަށް އިނާމްތަކެއް ހިމެނޭ ގޮތަށް އިތުރު 20 ފަރާތެއް މިއަހަރުގެ ރެޑްވޭވް ރޯދަ ސޭލްގައި ގުރުއަތުން ހޮވިގެން ދާނެ އެވެ." ޕްރޮމޯޝަނާ ބެހޭ ގޮތުން މިޑީއަށް ފޮނުވި ރެޑްވޭވްގެ ލިޔުމެއްގައި ވެއެވެ.

ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާ މި ޕްރޮމޯޝަނުގައި، ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެ އެވެ.

ސޭލްގެ ތެރެއިން ގޭތެރޭގައި ގެއަށް ބޭނުންވާ ހުރިހާ ސާމާނު އެކުލެވޭ ގޮތަށް ރެޑްވޭވްގެ އެންމެ ބޮޑު ޝޯރޫމް ހުޅުވާނެ ކަމަށް ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ރެޑްވޭވުން ބުންޏެވެ. އެ ފިހާރައިން އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރާއި ބަދިގެ ސާމާނުގެ އިތުރުން ގޭތެރައި ހިފާ ގެންގުޅޭ ސާމާނާއި އާލާތްތައް ލިބެން ހުންނާނެ އެވެ.