ރެޑްވޭވް

ރެޑްވޭވް: ހަފުތާ ބަންދު ވިޔަފާރިއަށް ލުޔެއް

Aug 19, 2021
މާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރައެއް: ހަފުތާ ބަންދުގައި ސޭލެއް ފަށަނީ -- އަވަސް ފޮޓޯ
0%
0%
0%

ރެޑްވޭވުން ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް ހާއްސަ ސޭލެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ރެޑްވޭވުން ބުނީ މި ސޭލް ކުރިއަށް ގެންދަން ނިންމާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ސޭލްގައި ތަރުކާރީ، މޭވާ، ކުކުޅު އަދި ފިނި ކުރި ކާނާގެ ބާވަތްތަކުން ފަސް ޕަސެންޓާއި 20 ޕަސެންޓާ ދެމެދު ޑިސްކައުންޓް ލިބޭނެ ކަމަށް ރެޑްވޭން ބުންޏެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން 11:00 އަށް އަދި ހުކުރު ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 11:00 އާ ދެމެދު ރެޑްވޭވްގެ ސުޕަމާކެޓް ފިހާރަތަކުން ޑިސްކައުންޓް ދޭނެ އެވެ.

ރެޑްވޭވްގެ ހަފްތާ ބަންދު ސޭލް

ރެޑްވޭވުން ބުނީ މި ސޭލްގެ ސަބަބުން ހަފުތާ ބަންދުގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ކުރާ ވިޔަފާރިއަށް ލުއި ލިބިގެންދާނެ ކަމަށެވެ.

ދުނިޔޭގެ އިގްތިސޯދީ ހާލަތު ދަށްވެ، ރައްޔިތުންގެ މާލީ ހާލަތަށް ވެސް ނޭދެވޭ ބަދަލެއް އައިސްފައިވާ މި ދަނޑިވަޅުގައި ރެޑްވޭވުން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެކަށިގެންވާ ހެޔޮ އަގެއްގައި ތަކެތި ފޯރު ކޮށްދޭން ކަމަށް ވެސް ރެޑްވޭވުން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345