ރެޑްވޭވް

ރެޑްވޭވްގެ އަހަރީ ބާޒާރު ފަށައިފި

ރެޑްވޭވް އަހަރީ ބާޒާރު އަންނަ ޖަނަވަރީ 31 ގެ ނިޔަލަށް ކުރިއަށްގެންދާނެ --
50%
50%
0%

އަހަރުގެ ފަހުކޮޅަށް އަމާޒުކޮށް ރެޑްވޭވުން ކުރިއަށްގެންދާ ރެޑްވޭވް އަހަރީ ބާޒާރު މިއަދު ފަށައިފި އެވެ.

މާލެ އަދި ހުޅުމާލޭގައި ހުރި ރެޑްވޭވް ގެ ހުރިހާ ފިހާރަތަކުގައި މި ޕްރޮމޯޝަން ކުރިއަށްގެންދާއިރު ކޮންމެ ވިޔަފާރި އަކަށް 300 ރުފިޔާގެ ކޫޕަނެއް ދެ އެވެ. އަދި ގުރުއަތުން ހޮވާ 10 ފަރާތަކަށް 5،000 ރުފިޔާ ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ. އަދި، އެއް ވަނަ ވަކިން ހޮވާ އިރު އެ ފަރާތަށް 25،000 ލިބޭނެ ކަމަށްވެސް ބުންޏެވެ.

އިތުރަށް ބުނީ، ޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރި ކުރާ ފަރާތްތަކާއި ރެޑްވޭވްގެ ވެބްސައިޓުން ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ރެޑްވޭވުން ވިއްކާ ތަކެތީގެ ތެރެއިން ޑިސްކައުންޓު އަގުގައި ވިއްކަނީ ބައެއް ތަކެއްޗެވެ. އެ ފިހާރައިން ބުނީ ޝާޕް އޭސީ އާއި އޭސީ އިންސްޓޮލޭޝަންއިން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ 31 ގެ ނިޔަލަށް ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ށިނަސް

300 ރފ ވިޔަފާރިއަށް ކޫޕަނެއްތަ. ނޫނީ ކޫޕަނަަކަށް 300 ރފ ތަ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345