ވިޔަފާރި

ރެޑްވޭވްގައި "މެގަ އޭސީ ސޭލް" ފަށައިފި

Sep 30, 2019
2
ގަލަންޒް އޭސީ ތައާރަފްކޮށް އޭސީ ސޭލް ކުރިއަށް ދަނީ--
0%
0%
0%

ރެޑްވޭވުން ގަލަންޒް ބްރޭންޑުގެ އިންވާޓާ އޭސީ ތައާރަފުކޮށް "މެގަ އޭސީ ސޭލް" ފަށައިފި އެވެ.

ގަލަންޒް ބްރޭންޑުގެ އިންވާޓާ އޭސީ ބާޒާރަށް ނެރެފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ގަލަންޒް ތައާރަފު ކުރުމާއެކު، ހުރިހާ އޭސީއަކުން ވެސް އަގުތައް ހެޔޮވާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ގަލަންޒްގެ އާކަސް ސީރީސްގެ L71 އެވެ. މި އޭސީއަކީ 3ޑީ ޑީސީ އިންވާޓާ ޓެކްނޮލޮޖީ ހިމެނޭ ގޮތަށް އުފައްދާފައިވާ ހަރަދު ކުޑަ އޭސީއެކެވެ. ގަލަންޒް އިންވާޓާ އޭސީގައި ހިމެނެނީ، ޖަޕާނު ޓެކްނޮލޮޖީގެ ކޮންޕްރެސަރެކެވެ. ތިމާވެއްޓާއި ރައްޓެހި މި އޭސީ ގައި އަޑު މަޑުވެ އަދި އަވަހަށް ފިނިކޮށްދޭ ޓާބޯ ކްލީނިންގް ވެސް ހިމެނެ އެެވެ.

މި ބްރޭންޑުގެ ތިން ސައިޒެއްގެ އޭސީ އެއް ރެޑްވޭވުން ތައާރަފު ކުރި އެވެ.

  • 9000 ބީޓީޔޫގެ އިންވާޓާ އޭސީ 4840 ރުފިޔާ އަށް
  • 12،000 ބީޓީޔޫގެ އިންވާޓާ އޭސީ 5،890 ރުފިޔާ އަށް
  • 18000ބީޓީޔޫގެ އިންވާޓާރ އޭސީ 7،890 ރުފިޔާ އަށް

ގަލަންޒް ބްރޭންޑުގެ އޭސީ ރެޑްވޭވުން ވިއްކަނީ އެއް އަހަރު ދުވަހުގެ ވޮރަންޓީއާއެކު އެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލެއިން އޯޑަރު ކުރާ ކަސްޓަމަރުންނަށް އިންސްޓޯލް ކުރުމުގެ ހިދުމަތް ހިލޭ ލިބޭނެ އެވެ. އެގޮތުން ހިލޭ އިންސްޓޯލް ކުރުން މިއަދުން ފެށިގެން އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މީގެ އިތުރުން އިސްލާމިކް ބޭންކާއި އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކްގެ ކްރެޑިޓް ސްކީމްގެ ދަށުން ވެސް ގަލަންޒް އޭސީ ނެގުމުގެ ހިދުމަތް ދޭ ކަމަށް ރެޑްވޭވުން ބުންޏެވެ. ރެޑްވޭވްގެ އަމާޒަކީ ކޮލިޓީ ބްރޭންޑެއްގެ އޭސީ ހެޔޮ އަގުގައި ފޯރުކޮށް ދިނުމެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަރު

ކޮންއިރަކުން ސޭލް ނިމެނީ

ހަހަހަހާ

ސޭލް ނިމެނީ މާދަމާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345