ހަބަރު

ރެޑްވޭވުން ހައިސެންސް ޓީވީ ވިއްކަން ފަށައިފި

"ހައިސެންސް" ބްރޭންޑްގެ ގެ ޓީވީ ރެޑްވޭވުން ވިއްކަން ފަށައިފި އެވެ. ހައިސެންސް ޓީވީއަކީ މި އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އޮފިޝަލް ބްރޭންޑް ޕާޓްނަރެވެ. އަދި މިއީ އިލެކްޓްރޯނިކް ސާމާނު އުފެއްދުމުގައި ބައިގަރުނު ވެފައިވާ ބްރޭންޑެކެވެ.

ރެޑްވޭވަކީ ރާއްޖޭގައި ހައިސެންސް ޓީވީގެ އޮތޮރައިޒްޑް ޑިސްޓިބިއުޓާ އެވެ.

ރެޑްވޭވުން ބާޒާރަށް ތައާރަފު ކޮށްފައި ވަނީ ހައިސެންސް ލެޑް އެޗްޑީ އާއި ފުލް އެޗްޑީ އަދި ޔޫލެޑް ޔޫއެޗްޑީގެ އިތުރުން ލޭޒާ ޓީވީ އެވެ. އޭގެ ތެރޭގައި 32 އިންޗި އާއި 50 އިންޗި އަދި 65 އިންޗިގެ ޓީވީ ހިމެނެ އެވެ. އަދި 75 އިންޗި އާއި 100 އިންޗީގެ ޓީވީ ވެސް ވިއްކަ އެވެ.

ރެޑްވޭވުން ބުނި ގޮތުގައި އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެނީ 100 އިންޗީގެ ލޭޒާ ޓީވީ އެވެ. އެ ޓީވީ އަކީ 8.3 މިލިއަން ޕިކްސެލް ހިމެނޭ، 4ކޭ ޔޫއެޗްޑީ ޓީވީ އެކެވެ.

ރެޑްވޭވުން ހައިސެންސް ޓީވީ ވިއްކަނީ އެއް އަހަރުގެ ވޮރަންޓީ ޢާޢީ ޓީވީގެ ސާވިސް ކުރުމުގެ ހިދުމަތް ވެސް ދޭ ގޮތަށެވެ.

ރެޑްވޭވް ސިޓީ ސްކޮޔާ ޢާޢީ ރެޑްވޭވް ލިވިން އާއި ރެޑްވޭވް އިލެކްޓްރޯނިކްސް ހައިސެންސް ޓީވީ ވިއްކާއިރު ހައިސެންސް ޝޯރޫމެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ވެސް ރެޑްވޭވުން ބުންޏެވެ.